Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

މި ސަރަހައްދުގެ އަސްކަރިއްޔާތަކުން އެންމެ ބޮޑު އިސްކަމެއްދެނީ ސަރަހައްދީ ސުލްހަޔާއި ހަމަޖެހުމަށް: ރައީސް

މި ސަރަހައްދުގެ އަސްކަރިއްޔާތަކުން އެންމެ ބޮޑު އިސްކަމެއްދެނީ ސަރަހައްދީ ސުލްހަޔާއި ހަމަޖެހުމަށް: ރައީސް

މި ސަރަޙައްދުގެ އަސްކަރިއްޔާތައް މިއަދު އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ސަރަހައްދީ ސުލްހަޔާއި ހަމަޖެހުން ދެމެހެއްޓުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ސިފައިންގެ 68 ވަނަ އަސާސީ ތަމްރީނު ފުރިހަމަކުރި ސިފައިން ހުވާކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި އަސްކަރިއްޔާތަކުގެ ބޭނުން މިއަދު ހިފަމުންދަނީ ހަމައެކަނި ހަނގުރާމަ ކުރުމަކަށް ނޫން ކަމަށާއި, ދެވަނަ ބޮޑު ހަނގުރާމައިން ދުނިޔެ ދަސްކުރި އެންމެ ބޮޑު ފިލާވަޅަކީ ހަނގުރާމައަށްވުރެ ބޮޑަށް ސުލްހަ ދެމެހެއްޓުމަށްޓަކައި އަސްކަރިއްޔާގެ ބޭނުންތެރިކަން ބޮޑުކަން ކަމަށެވެ.

އެ ގޮތުން މި ސަރަހައްދުގެ އަސްކަރިއްޔާތައް ވެސް މިއަދު އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ސަރަހައްދީ ސުލްހަޔާއި ހަމަޖެހުން ދެމެހެއްޓުމަށް ކަމަށާއި, ދިވެހި އަސްކަރިއްޔާ ވެސް މިއަދު އަދާކުރާ އެންމެ މުހިންމު ޒިންމާއަކީ ޤައުމުގެ ސުލްހަޔާއި ހަމަޖެހުން ދެމެހެއްޓުން ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

''އަޅުގަނޑުމެންގެ ދިވެހި އަސްކަރިއްޔާ ވެސް މިއަދު އަދާކުރާ އެންމެ މުހިންމު ޒިންމާއަކީ ޤައުމުގެ ސުލްހަޔާއި ހަމަޖެހުން ދެމެހެއްޓުން. ރާއްޖޭގެ މިނިވަންކަމާއި ދިފާޢުގައި ސިފައިން އަޅާ ކޮންމެ ފިޔަވަޅަކީ ސަރަހައްދީ ހަމަޖެހުމާއި ސުލްހަޔަށްޓަކައި ވެސް އަޅާ ފިޔަވަޅެއް.''

މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ވަނީ ސިފައިންނަކީ ޤައުމީ މަސްލަހަތު ރައްކާތެރިކުރުމުގެ އެންމެ މަތީ ޒިންމާ އަދާކުރަން ތިބި މީހުންކަން ފާހަގަކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް