ޚަބަރު

ރިސޯޓެއްގައި ކުއްލި ގޮތަކަށް ޒުވާނަކު ނިޔާވެއްޖެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އައްޑު ސިޓީ.. ފޮޓޯ/ވަގުތު އޮންލައިން

ރިސޯޓެއްގައި ކުއްލި ގޮތަކަށް ޒުވާނަކު ނިޔާވެއްޖެއެވެ.

Ads by STELCO

އެނގިފައިވާ ގޮތުގައި ނިޔާވެފައިވަނީ ގއ.އަތޮޅުގައި ހިންގަމުން އަންނަ ރޮބިންސަން ރިސޯޓުގައި ވަޒީފާ އަދާކުރަމުން އައި ޒުވާނެކެވެ.

އޭނާއަކީ އައްޑުއަށް ނިސްބަތްވާ ޢުމުރުން 35 އަހަރުގެ ޢަލީ ޝާހް ކިޔާ މީހެކެވެ.

ރޭގެ ވަގުތެއްގައި ނިޔާވި އެ ޒުވާނާގެ ހަށިގަނޑު ގދ.ތިނަދޫ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިއުމަށްފަހު މިހާރު ވަނީ އައްޑުއަށް ގެންގޮސްފައެވެ.

އޭނާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ ޢިޝާ ނަމާދަށްފަހުއެވެ.

ރޭގެ ވަގުތެއްގައި ހުޅުމާލޭގައި ވެސް ވަނީ ކުއްލި ގޮތަކަށް ޒުވާނަކު ނިޔާވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!