Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޖަޒީރާ ދިރިއުޅުމެއް ހޯދޭނީ އަންހެނުންނަށް ހިންގުމުގެ ބައިކުޅަބައި ދީގެން: ރައީސް

ޖަޒީރާ ދިރިއުޅުމެއް ހޯދޭނީ އަންހެނުންނަށް ހިންގުމުގެ ބައިކުޅަބައި ދީގެން: ރައީސް

ރާއްޖެ ބޭނުންވާފަދަ ޖަޒީރާ ދިރިއުޅެއް ގެނެވޭނީ އަންހެނުންގެ ބާރުވެރިކަން އިތުރުކޮށްގެން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ, މިހާރު ލ.ގަމުގައި ކުރިޔަށްދާ ވިއަވަތި ކޮންފަރެންސް ފައްޓަވައިދެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ, ކައުންސިލް ތަކުގެ ހިންގުމާ ރަށުގެ ތަރައްޤީއާ، އިޖްތިމާޢީ ހުރިހާ ކަމެއްގައި، އަންހެނުންގެ ބައިވެރިވުމާ ޝާމިލްވުން އަދިވެސް ބޮޑުވާން ޖެހޭ ކަމަށެވެ.

Advertisement
HDC — Sidebar (box)

”މައްސަލައެއް ހައްލު ކުރުމަށް، ނުވަތަ ކާމިޔާބެއް ހޯދުމަށް ކަމުގާވިޔަސް، އަންހެނުންގެ ދައުރު ވީއެންމެ ފުޅާ ދާއިރާއެއްގާ އޮންނަންޖެހޭ.” ރައީސް ޞާލިޙް ވިދާޅުވިއެވެ.

“ޤައުމުގެ ނުވަތަ އާބާދީގެ ދެބައިކުޅައެއްބައި ކަމުގައިވާ އަންހެނުންނަށް، ބައިކުޅަބައި ދީގެން މާނަވީ ލާމަރުކަޒީ ޖަޒީރާ ދިރިއުޅުމެއް ނުހޯދޭނެ.”

ދ އަތޮޅުން ފެށިގެން އައްޑޫ ކައުންސިލްގެ މުވައްޒިފުން ބައިވެރިވި މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ, ޑަބްލިއު.ޑީ.ސީ.އާ، ކައުންސިލް އަދި ސަރުކާރު އެކުގާ ތިބެ، ކުރާ މަސައްކަތުގެ ނަތީޖާ މާފޮނިވާނެ ކަމަށެވެ. އަދި މި ނިޒާމު ރައްޔިތުން އަތުން އަތުނުލެވޭނެ ގޮތެއް ވިސްނަވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

“ލާމަރުކަޒީ ނިޒާމު ރާއްޖޭގައި ފުރިހަމަކޮށް އަށަގަންނުވަން ޖެހޭނީ، ފިސާރި ދެމެހެއްޓެނިވި ގޮތެއްގައި. ދުވަހަކު ވެސް މިނިޒާމާ މިބާރުތަށް ރައްޔިތުންގެ އަތުން އެއްވެސް ބޭފުޅަކަށް، ދެން އަނބުރާ ފިރުކާ ނުގަނެވޭނެ މިންވަރަށް.” ރައީސް ޞާލިޙް ވިދާޅުވިއެވެ.‘

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް