ޚަބަރު ޝަރުޢީ ދާއިރާ

ސިވިލް ކޯޓުގެ ގާޒީކަމަށް 17 ބޭފުޅަކު ކުރިމަތިލައްވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ސިވިލް ކޯޓް. ފޮޓޯ: އަވަސް

ސިވިލް ކޯޓުގެ ގާޒީކަމުގެ މަގާމަށް 17 ބޭފުޅަކު ކުރިމަތިލައްވާފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނެފިއެވެ.

Ads by Hajj Corporation

ސިވިލް ކޯޓުގު ގާޒީކަމުގެ 02  މަގާމަށް ކުރިމަތިލުމަށް 24 އޮގަސްޓުގައި ކޮށްފައިވާ އިޢުލާނުގެ ސުންގަޑި ހަމަވީ އިއްޔެގައެވެ.

ސުންގަޑި ހަމަވިއިރު އެ މަގާމަށް 17 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ސިވިލް ކޯޓަށް ދެ ގާޒީއަކު ހޯދަން އިއުލާނުކުރީ, އެ ކޯޓުގެ ގާޒީކަމުގައި ހުންނެވި ޒުބައިރު މުޙައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނާއި, އަދި އެ ކޯޓުގެ އިސް ފަނޑިޔާރު ޢަބްދުﷲ ޢަލީ ފަނޑިޔާރުކަމުން ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.

ކުރިމަތިލެއްވި ބޭފުޅުންގެ ތަޢާރަފް:

1.ޢަލީ ނަޞީރު, ގާޑެނިޔާވިލާ, ބ.ކިހާދޫ

2.ޢަބްދުﷲ ޒާހިރު, ދަފްތަރު ނަންބަރު ރސ 9175, މާލެ

3.މުޙައްމަދު ވިދާން ޝާކިރު, ހ.ހުދުފިނިފެންމާގެ, މާލެ

4.ޢަލީ ނަދީމް, ހ.ގްލޯރިއޯސާ 2

5.ނަފީލު މުޙައްމަދު, ލަކީހޯމް, ގއ.ދާންދޫ

6.ސިނާން ޢަލީ, ސަންޑަލްވޫޑް, ގދ.ފިޔޯރީ

7.އަޙްމަދު މަޢުޞޫމް, ހަވީރީމަންޒިލް, ލ.މާބައިދޫ

8.ރުޝްދުﷲ އިބްރާހީމް, ޖަވާހިރުމާގެ, ބ.މާޅޮސް

9.ޢަބްދުﷲ އިޙްސާން, ސައިފަތްމާގެ, ސ.ހިތަދޫ

10.ފަތުޙުﷲ ޖަމީލް މޫސާ, ނަލަމަލަ, ލ.މާވަށް

11.ފައިޞަލް އާދަމް, ދެތަނޑިމާގެ, ހދ.ފިނޭ

12.އާދަމް ޛާލިފް, އޯކިޑުމާގެ, ގއ.ގެމަނަފުށި

13.މަރްޔަމް ޝާނީ, ސަނދުބަރަކާގެ, ހއ.ދިއްދޫ

14.އުއްމުކުލްޘޫމް އަބޫބަކުރު, ރަނައުރާގެ, ބ.ހިތާދޫ

15.އާމިނަތު ޒިދުނާ, ހުޅުމާލެ, ގޯތި 10654 ގެ އޭ-01 ފްލެޓް

16.ޙަސަން ޝަމާމް,ކޮށިތެރޭގެ, ހއ.އިހަވަންދޫ

17.އާމިނަތު ރައިޝަމް,ނިއުފްލާވަރ, ގއ.ގެމަނަފުށި

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!