ވާހަކަ

ލިބޭތޯ ޔާރު ޖަންނަތުން (ފަންސަވީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
(ޓްރެއިލަރ) ލިބޭތޯ ޔާރު ޖަންނަތުން ލިބޭތޯ ޔާރު ޖަންނަތުން (ފުރަތަމަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދެވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިންވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން( ހަތަރުވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނުވަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދިހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެގާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ތޭރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސާދަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަނަރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސޯޅަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސަތާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ވިހިވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެކާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައުވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ފަންސަވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައްބީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެއްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބައްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތެއްތިރީސްވަނަ ބައި)

އެހެނަސް އޭނާ ހުރީ އަރްހަމްގެ ހަރަކާތްތަކަށް ސަމާލުވެގެންނެއް ނޫނެވެ. ކުއްލިއަކަށް ސޯފާއިން ތެދުވުމަށްފަހު އަރްހަމް ހިފެހެއްޓީ ޔެލިޒްގެ މޫނުގައެވެ. އެ ބިޔަ ހަށިގަނޑާއެކު ޔެލިޒް ސޯފާގައި ފިތުނު އިރު ގުޑިލާނޭ ފުރުސަތެއް އަރްހަމް ނުދިނެވެ. ދެއަތާއެކު ހަށިގަނޑު ގައިދުވެފައި ވުމުން ހަރަކާތެއް ގެނައުމުގައި ޔެލިޒް ނުކުޅެދުނީއެވެ.

Ads by Hajj Corporation

*****************************

"ކިހިނެތްވީ؟ ނުކުރާ ކަމެއްތަ މި ކުރީ؟" ސޯފާއިން ތެދުވެ ލައިގެން ހުރި ގަމީސް ރަނގަޅުކޮށްލަމުން އަރްހަމް އަހާލިއެވެ.

"ކަލެއަށް ކޮން ކަމެއް؟ ކަލޭ ތި ބުނާ އަހަރެންގެ ބޯއީފްރެންޑް ހުއްޓާ ހީވޭތަ މިއީ އަހަރެންގެ ފުރަތަމަ ފަހަރަށް ވެދާނޭ؟ ހީ އިޒް ބެޓަރ ދެން ޔޫ". ދެލޯ ހަނި ކޮށްލަމުން ޔެލިޒް ބުނެލިއިރު އެ މޫނުން ހިސާބެއްގެ ރަތްކަމެއް ފާޅުވާން ހުއްޓެވެ. ޔެލިޒްގެ މޫނަށް އަރްހަމް ބަލާލީ ތަފާތު ގޮތަކަށެވެ. ހަގީގަތުގައި ވެސް އެ ބުނީ ތެދެއްތޯ ސުވާލު ކުރެވުނީ އަމިއްލަ ނަފްސާއެވެ.

" ޑިސްކަސްޓިން. ލަދެއް ވެސް ނުގަނޭތަ ތިހެން ބުނިއިރު؟ ހަލާލު ފިރިމީހާ ކުރިމަތީ އެހެން ފިރިހެނަކާ ގުޅުން ހިންގި ކަމަށް އެއްބަސްވި އިރު ޔޫ ހޭވް ނޯ ޝޭމް؟ އަހަރެން ހިޔެއް ނުކުރަން ޔެލިޒް ތިއީ ތި ފާޑަށް އުޅޭނެ މީހެކޭ. އެކަމަކު އެންމެ ހީނުކުރާ މީހުން އެފާޑަށް އުޅޭނީ؟ ކިތަށް ފިރިހެނުން ކައިރިއަށް ކަމެއް ނޭނގެ ގޮސްފަ ހުރީ". އަރްހަމްގެ ނަޒަރު ޔެލިޒްއާ ބައްދަލުވި ހިނދު އެ ބެލުމުގައިވީ ފިނިކަން ޔެލިޒްއަށް އިހްސާސް ކުރެވުނެވެ.

އެ ދެލޯ ފެންކަޅިވާން ނެގީ މަދު ސިކުންތުކޮޅެކެވެ. ތިރީ ތުންފަތުގައި ދަތް އަޅާލުމާއެކު ޔެލިޒް އިސްޖަހާލީ ނުރޯން މަސައްކަތް ކުރަމުންނެވެ. ފަހަރެއްގައި ވެސް އަރްހަމް ކުރިމަތީ އޭނާގެ ބަލިކަށިކަން ދައްކަން ޔެލިޒް ބޭނުމެއް ނުވިއެވެ.

" ކީއްވެ އެއްޗެކޭ ނުބުނީ؟ އަހަންނަށް މި ބުނެވުނީ ތެދެއްދޯ؟". ޔެލިޒްއާ ދިމާލަށް ގުދުވެލަމުން އަރްހަމް އަހާލިއެވެ. އެ ހަރަކާތުން އުނދަގޫވެ ޔެލިޒް ޖެހިލީ ފަހަތަށެވެ. އެހެނަސް އަރްހަމްގެ ދެއަތުން ޔެލިޒްގެ ކޮނޑުގައި ހިފެހެއްޓުމާއެކު އޭނާ ހުއްޓުނެވެ.

" ވައި؟ އޭޒް އިފް ޔޫ ކެއަރ". ޔެލިޒް ބުނެލީ މަޑުމަޑުންނެވެ. އެއާއެކު އިހުނަށްވުރެ އަރްހަމްގެ މޫނު ޔެލިޒްއާ ކައިރިކޮށްލިއެވެ. ކަނާތު ކޮނޑުގައި ހިފަހައްޓާލެވިފައިވީ އަތް ނަގައި މަޑުމަޑުން ޔެލިޒްގެ ކޯތާފަތުގައި ހިފަހައްޓާ އިސްޖެހިފައިވި އެ މޫނު ސީދާކުރުވިއެވެ. ދެން މަޑުމަޑުން އިނގިލަތުން ފިރުމާލިއެެވެ.

"ޑޫ ޔޫ ވޯންޓް މީ ޓު ކެއަރ؟" ޔެލިޒްގެ ކަންފަތް ކައިރީ އަރްހަމް އަހާލިއެވެ. ސިއްރެއް ފަދައިންނެވެ. އެ މޫނު ކައިރި ކޮށްލާ ޔެލިޒްގެ ކޯތާފަތުގައި ބީހިލުމާއެކު ގެނައި ކުއްލި ހަރަކާތާއެކު އަރްހަމްގެ މޭގައި އަތް އަޅައި ޔެލިޒް އޭނާ ދުރުކޮށްލިއެވެ. އޭރު ރުޅިއާއި ހިތާމައިން ފޯވެފައިވި އެ މޫނުގައިވީ ކުލަވަރުން އަރްހަމްގެ ހިތަށް އަސަރެއް ކުރުވިއެވެ. އެހެނަސް ޔެލިޒްގެ ދުލުން ހަގީގަތް އެނގެން ބޭނުންވެ އަރްހަމް އެ ހުރި ފިޔަވަޅު މަތީ މަޑުކޮށްލިއެވެ.

" މި އަހަނީ ފަހު ފަހަރަށް. ޔެލިޒްއާ އިތުރު މީހަކާ ގުޅުމެއް އޮތްތަ؟ ކައިވެނީގެ މަޖުބޫރީއެއް އޮތީތަ؟ އާންސާ މީ!!!". ލައިގެން ހުރި ޖިންސުގެ ޖީބަތް އަރްހަމްގެ އަތް ޖަހާލެވިފައިވިއެވެ. އެ ގަދަ ބުމަ ގޮށްޖެހިފައިވި ގޮތުން ޔެލިޒްއަށް ހިންދިރުވާލެވުނެވެ. އެހެނަސް އެކި ދުވަސްތައް މަތިން އަރްހަމްގެ ދުލުން ބޭރުކޮށްފައިވި ރުންކުރު ބަސްތަށް އެ ސިކުނޑީގައި ދައުރުކޮށްލެވުމާއެކު އެ ނަފްސަށް ކުރުވީ އާދަޔާ ހިލާފު އިހްސާސެކެވެ. އެ ދޮން މޫނު ރަތްވެގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. ސޯފާއިން ތެދުވުމާއެކު އަރްހަމްއާ ކައިރިއަށް ޖެހިލީ ޔެލިޒްއެވެ. ޝަހާދަތް އިނގިލިން އަރްހަމްގެ މޭގައި އަޅައި ކޮށްޕާލުމާއެކު ބަލާލީ ނުރުހުންވެފައިވި ނަޒަރަކުންނެވެ.

" ކަލޭ ތީ މޮޔައެއް!!! ހިތަށް އެރިހާ އެއްޗެއް ކިޔަމުން. ޙުއްބާ ދޮންތަ އަށް އެނގޭތަ ދޮންތަގެ ކޮއްކޮއަކީ މިހާ ގަމާރު މީިހެއްކަން. ކަލޭތީ ފިރިހެނުންނަށް ވެސް ހުރި ލަދެއް. އަހަރެން މީ ތި ހީކުރާ ދަށް ފެންވަރުގެ މީހެއް ނޫން. ތި ގޮތަށް އަހަންނާ މެދު ހީކުރެވުނީތީ ވެސް ކަލޭ ލަދުގަންނަން ޖެހޭނެ. ތި ބޮޑާ ކަމާއި ކިބުރު ވެރިކަމާ ހުރެ ކަލޭ ދެކެ މީހުން ފޫހި ވަނީ. މީހާއަށް މާ ރީތި ސިފައެއް ލިބިފަ ހުއްޓަސް، ތި އެޓިޓިޔުޑްއާ ތި ޕާސަނިލިޓީ އިޒް ގްރޮސް. އަހަރެން ހީކުރީ އަހަރެންގެ ފިރިމީހާ އަކީ ވަރަށް ވިސްނޭ މީހެއް ކަމަށް. އެކަމަކު ހީކުރި ގޮތާ ހިލާފަށް ކަލޭގެ ވިސްނުން ވަރަށް ދަށުގެ ތި އުޅެނީ. ބީ އަ މޭން އަރްހަމް!! ގްރޯ އަޕް!! އޭރުން އެނގޭނެ އަހަރެންގެ ހަށިގަނޑުގައި އެހެން ފިރިހެނަކު އިނގިލި ކުރި ވެސް ބީއްސާ ނުލާކަން " އައިސްފައި ހުރި ރުޅިން ޔެލިޒްގެ ލޮލުން އެކަނި ވެސް އަރްހަމް ފިއްސާލަން އުޅޭ ކަހަލައެވެ.

"ސްޓޮޕް އިޓް". ޔެލިޒްގެ އަތުގައި ހިފަހައްޓަމުން އަރްހަމް ބުނެލިއިރު އެ އަޑުގައި ހަރުކަށިކަން އެކުލެވިގެން ދިޔައެވެ. ޔެލިޒް ބުނި ކޮންމެ ވާހަކައަކީ ތެދެއްހެން އަރްހަމްއަށް ހީވިއެވެ. އެހެނަސް އަމިއްލަ ނަފްސާމެދު އެފަދައިން ގަބޫލުކުރަން އޭނާއަށް އުނދަގޫވީއެވެ. ހާއްސަކޮށް ޔެލިޒްގެ ނަޒަރުގައި އެފަދަ ދަށް މީހަކަށް ވާން އަރްހަމް ނޭދުނެވެ.

" ނޯ!! ކަލޭ ބޭނުންވާ ހުރިހާ އެއްޗެއް ބުނެފީމެންނު. ދެން ވާހަކަ ދައްކާނީ އަހަރެން!! އަރްހަމްގެ އަތް ފޮޅުވާލަމުން ޔެލިޒް ހަޅޭއްލަވައިގަތެވެ. އޭރު އެ ލޮލުން ކަރުނަ ތިއްކެއް ވެއްޓިއްޖެއެވެ.

" ބުނެފީމެންނު ހުއްޓާލާށޭ!! ތިހާ އިނޮސެންޓް މީހަކު، ތިހާ އަހަރެން ދެކެ ރުޅި އަންނަ މީހަކު، ކީއްވެ އަހަންނާ ކައިވެނި ކުރީ؟ ކޮބާ މަޖުބޫރީއަކީ؟ ހޫ ޑޫ ޔޫ ތިންކް ޔޫ އާ؟" ޔެލިޒްގެ ލޮލުން ފައިބަމުން ދިޔަ ކަރުނައިން އަރްހަމްގެ ހިތަށް އަސަރު ނުކުރާ ފަދައެވެ.

" އެނގެން ބޭނުންތަ؟ ކަލެއަށް ގަބޫލު ކުރެވޭނެތަ؟ އާނ.. އަހަރެން އިނޮސެންޓް!! އަހަރެން ކަލެއަށް ނަފްރަތު ވެސް ކުރަން!! ކަލޭ ދެކެ ލޯތްބެއް ވެސް ނުވާނަން!! މި ކައިވެންޏަނީ ފަހަރެއްގައި ވެސް ކަލެއަށްޓަކާ ކުރި ކައިވެންޏެއް ނޫން. އަހަންނަށްޓަކާ ވެސް ކުރި ކައިވެންޏެއް ނޫން!! ކަލެއަށް އިހްސާސެއް ވެސް ނުކުރެވޭނެ. ޔޫ އާ ހާޓިން މީ! އައި އެމް ބްރޯކެން!! ޔެޓް، ޔޫ ކާންޓް ސީ އިޓް!! އަހަރެން މި ކައިވެނި ކުރީ އަހަރެންގެ ބައްޕައަށްޓަކާ!! ބައްޕަގެ ފަހު ވަސިއްޔަތް ކަމުގަ ދެކިގެން!! މިވަގުތު ވެސް ބައްޕަ އަހަރެން ދޫކޮށް ގޮސްދާނެ. އެ ބައްޕަގެ އެދުމަށް ދެކޮޅު ހެދީމަ އަހަރެން ވާނީ ކޮންކަހަލަ ދަރިއަކަށް. އަހަރެން މީ ކަލޭ ކަހަލަ އަމިއްލަ އެދުން ބޮޑު މީހެއް ނޫން!! އަހަރެން ލޯބިވާ މީހުންގެ އުފާތަށް އިސްކުރަން އަހަންނަށް އެނގޭ! ބަޓް ވައި ޔޫ؟؟ އަރްހަމްއަށް ނެތް މަޖުބޫރީއެއް. ބޭނުން ގޮތެއް ހެދެން އޮތް. ކޮންމެ ފަހަރަކު އަހަންނޭ ނުކިޔާ! ޔޫ ޑިޑް ދިސް. ނޮޓް މީ!!". އޭނާގެ ބޮލުގައި އަރްހަމް އެޅުވި އިލްޒާމާއެކު ޔެލިޒްގެ އެތެރެހަށީގައި އުފެދުނު ރުޅީގެ މައްޗަށް އޭނާއަށް ބާރެއް ނުފޯރެވުނެވެ.

ހުއްޓުން އަރާފައި އަރްހަމްއަށް ހުރެވުނީއެވެ. ޔެލިޒް އެގޮތަށް މީގެ ކުރިން ވާހަކަ ދައްކާފައި ނެތީމަ ކަމަށް ވެދާނެއެވެ. ނުވަތަ އިވުނު ވާހަކައިގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ. ކަޅި ޖަހާ ނުލައި ޔެލިޒްއަށް ބަލަން ހުރުމަށްފަހު އަރްހަމް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އޭރު މޫނުގައި އަތް އެޅި ގޮތަށް ޔެލިޒްގެ ހިމޭން ގިސްލުމުގެ އަޑު އިވެމުން ދިޔައެވެ. ސިކުނޑީގައި އުފެދެމުން ދިޔަ ޖަވާބު ނޭނގޭ ސުވާލުތައް އެއް ފަރާތްކޮށްލައި އަރްހަމް ޔެލިޒްއާ ގާތަށް ޖެހިލިއެވެ. އެދެއަތުގެ ހިމާޔަތަށް ޔެލިޒް ގެންނަން އެދުނީ ކީއްވެކަމެއް އަރްހަމްއަށް ނޭނގުނެވެ. ނަމަވެސް އެފަދައިން ޔެލިޒް ކަރުނައަޅާ ރޯ މަންޒަރު ފެނުމުން އެ ހިތުގައި މިފަހަރު އުފެދުނީ ތަފާތު އިހްސާސެކެވެ. އެ ތުނި ހަށިގަނޑު ގެނެސް މޭގައި ޖައްސާލުމާއެކު ޔެލިޒްގެ އިސްތަށިގަނޑުގައި އަރްހަމް ފިރުމާލީ ލޯބިންނެވެ. އެ ހަރަކާތުގައި އެކުލެވިފައިވީ އޯގާތެރިކަމެވެ. އިރުކޮޅެއް ކުރިން އެ މޫނުން ފެންނަން ހުރި ރުޅިވެރިކަން ފިލާފައިވި ކަހަލައެވެ. އަރްހަމްގެ އެ ގާތްކަމަށް ހިތް ނޭދުނަސް ޔެލިޒްއަށް ވެސް އެގޮތުގައި ހުރެވުނެވެ. ހިތަށް ކޮށްފައިވި އަސަރުކަންނޭނގެއެވެ. މީހެއްގެ އޯގާތެރިކަމާ ހިމާޔަތްކަން ލިބުމުން އެކަމަށް އެދެވުނީއެވެ.

" އައި ޑޯންޓް ވޯންޓް ހިމް ޓު ޑައި.. ޕްލީޒް.. ސޭވް ހިމް..". އެގޮތުގައި ހުރެ ޔެލިޒް ބުނެލީ މަޑުމަޑުންނެވެ. އެ އަޑުގައި އެކުލެވިގެންވީ އާދޭހާއި ވޭނެވެ. ހިތަށް ކޮށްފައިވި އަސަރު އެ އަޑުން އެކަނި ވެސް ހާމަވާން ހުއްޓެވެ. އިތުރަށް ޔެލިޒް ގަޔާ ކައިރިކޮށްލަމުން އަރްހަމް އެ ނިތްކުރީގައި ބޮސްދިނެވެ.

" އައި ޕްރޮމިސް. އެކަމަކު ގަބޫލު ކުރަންވާނެ ކޮންމެ އިންސާނަކީ ވެސް އެމީހެއްގެ އަޖަލު ހަމަވުމުން ނެތިދާނެ މީހެއްކަން. ބަލިތަކަށް ޝިފާ ދެއްވަނީ ﷲ ސުބުޙަނަހޫ ވަތަޢާލާ. އަޅުތަކުންނަށް އޮތި އެކަލާނގެ ހަޟްރަތުގައި ދުޢާ ދެންނެވުން. މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ވެސް ދުޢާ. ލިޒް ނަމާދު ކުރާއިރު ދުޢާ ކުރާތި. އިންޝާﷲ، އެވްރީންތިންގް އިޒް ގޮނަ ބީ އޯކޭ".. ޔެލިޒްގެ އިސްތަށިގަނޑުގައި މަޑުމަޑުން އަރްހަމް ދިޔައީ ފިރުމަމުންނެވެ.

" އަސްލުތަ؟ އަހަރެން ދުޢާ ކޮށްފިނަމަ ބައްޕަ ރަނގަޅުވާނެތަ؟". އަރްހަމްއާ ދުރަށް ޖެހިލަމުން ޔެލިޒް އަހާލިއެވެ. ހިނދުކޮޅަކަށް ވިޔަސް އެ ލޮލުން ތަފާތު ވިދުވަރެއް އަރްހަމް ދުށްޓެވެ. ނަމަވެސް ރޮއެ ރޮއެ ރަތްވެފައިވާ މޫނާއި ދުޅަވެފައިވާ ދެލޯ ފެނި އެ ހިތުގައި ރިއްސާލިއެވެ. އެ އަންހެންކުއްޖާގެ ހިތުގައި ޖެއްސުނީތީ އަމިއްލަ ނަފްސު ކުރެވުނެވެ. ދުނިޔޭގެ ހުރިހާ އުފާތަކެއް އެ ފަސްބަޔަށް ލައިދޭން އެވަގުތުކޮޅު ތެރޭ އަރްހަމްގެ ހިތް އެދުނެވެ. އެ މޫނުން ފެންނަން ހުންނަ މައުސޫމުކަމާއި ލޯބިވެތި ހިނިތުންވުމާ ނުލާ އެ ހިތަށް ހަމަޖެހުމެއް ނުލިބޭނޭ ހީވިއެވެ.

"އިންޝާﷲ. ދެން ނުރޮއެ ހުއްޓާލާ. ޔޫ ލުކް ގުޑް ވިތް އެ ސްމައިލް. ނޮޓް ވިތް ދެޓް ކްރައި ބޭބީ ފޭސް". މަޑުމަޑުން ޔެލިޒްގެ ނޭފަތުގައި ހިފާލަމުން އަރްހަމް ބުނެލިއެވެ. އެ ހަރަކާތުން ޔެލިޒްގެ ތުންފަތުގައި ވެސް ކުޅެލީ ލުއި ހިނިތުންވުމެކެވެ. ލަދުރަކި ގޮތަކަށް ބަލާލަމުން ދުވެފައި ގޮސް ކޮޓަރިއަށް ވަތްތަން ބަލަން އަރްހަމް ހުރީ ހެވިފައެވެ.

ލޯ ކުރިމަތިން ޔެލިޒް ގެއްލުމުން ވެސް އަރްހަމް އަށް ހުރެވުނީ އެގޮތުގައެވެ. އެހެނަސް އެ މޫނުގައިވި ހިނިތުންވުން އޭރު ފޭދިއްޖެއެވެ. ޔެލިޒް ބުނި ވާހަކަތަކާމެދު ވިސްނާލެވުމުންނެވެ. ސަލްމާންގެ ސަބަބުން ޔެލިޒް ކައިވެނި ކުރަން އެއްބަސް ވި ވާހަކަ ބުނުމުން އޭގެ ސަބަބު އިޔާޒްއަށް އެނގޭނެ ކަމުގައި އަރްހަމް ގަބޫލު ކުރިއެވެ. އެ ހިޔާލާއެކު ޖީބުގައި އޮތް ފޯނު ނަގައި އަރްހަމް ގުޅާލީ އިޔާޒްއަށެވެ. ދެ މިނިޓަށް ދެމިގެން ދިޔަ ފޯނު ކޯލު ނިމުނީ އަރްހަމްއާ ދިމާކުރުމަށްފަހު އެވާހަކަ ހިއްސާ ކުރާނެ ކަމުގައި އިޔާޒް ބުނުމުންނެވެ.

**********************

ދެ ހަފްތާ ފަހެވެ. ރޭގަނޑުގެ ކެއުމަށް މޭޒުމަތި ތައްޔާރުކުރުމުގައި ކުލްސޫމް އުޅެއެވެ. އެ މޫނުން އަދިވެސް ފެންނަނީ ދިރުމެއް ނެތް އަސަރުތަކެކެވެ. އެ ދުވަހުގެ ފަހުން އޭނާއަށް ނަވަލް ފެނިފައިވީ މަދު ފަހަރެއްގައެވެ. ނަމަވެސް އެއިން އެއްވެސް ފަހަރެއްގައި އެދެމުގައި ވާހަކަ ދެކެވިފައި ނެތެވެ. އެހެނީ ކުލްސޫމްއަށް އަދިވެސް އެ ހިތި ހަގީގަތް ގަބޫލުކުރަން އުނދަގޫވަނީއެވެ. ނަވަލް އެފަދައިން ކަންތައްތައް ކޮށްފާނެ ކަމުގައި ހީނުކުރެވެނީއެވެ. ކުރެވެމުން ދިޔަ ހިޔާލުން ބޭރުވެ ކުލްސޫމްގެ ސަމާލުކަން ހުއްޓުނީ ކާކޮޓަރީގެ ދޮރުމައްޗަށް އެރި އުމައިރްއަށެވެ. އަތުގައި ހުރި ފޮތްތަކާއި ލައިގެން ހުރި ގަމީހުން ދެންމެ ސްކޫލް ނިންމާފައި އައީކަން އެނގެއެވެ. ފަހަކަށް އައިސް ސާނަވީ ގްރޭޑް ތަކުގެ އެކްސްޓްރާ ކްލާސްތައް ނަގައިދޭތީ އުމައިރް ސްކޫލުގައި ހޭދަކުރާ ރޭތަށް ގިނައެވެ. ކުލްސޫމް އެދުނީ ތައްޔާރުވެލައިގެން ކާން އައުމަށެވެ.

" ކިހިނެތްވީ؟ ހުރި ފިޔަވަޅު އުމައިރް ހުރުމުން ކުލްސޫމް އަހާލިއެވެ. އެހެނަސް އޭނާގެ ނަޒަރު އުމައިރްއާ އަމާޒުވެނުލައެވެ.

" މަންމައަށް އެނގޭނެ ކިހިނެތްވީކަން! އަޅުގަނޑު އެދެނީ މަންމަ ނަވަލްއާ ވާހަކަ ދައްކަން. ކުށް ކުރެވޭނީ ވެސް އިންސާނުންނަށް. އޭގެ މާނައެއް ނޫން އުމުރު ދުވަހު އެ ކުށުގެ ސަޒާ އެމީހަކަށް ދޭން. މިވަގުތު ކަމަނަ އަށް އެންމެ މުހިންމު ވާނީ މަންމަގެ ލޯތްބާއި އަޅާލުން. ތި އޯގާތެރިކަން. ފަހަރެއްގައި ވެސް ނުބުނާނަން ނަވަލް ކުރީ ކުށެއް ނޫނޭ. އެކަމަކު މަންމަ ކަމަނަ އަށް މާފް ކޮށްދީ". އުމައިރް ބުންޏެވެ.

ކުލްސޫމް ހުރީ ކަނުލައި އަޑުއަހައިގެންނެވެ. ނަމަވެސް އެއަށް ބުނާނޭ އެއްޗެއް އޭނާއަށް ނޭނގުނެވެ. އިސްޖަހައިގެން ހުއްޓެއް ކަމަކު އެ ލޯ ފޮހެލިތަން އުމައިރް ދުށްޓެވެ. މަންމަގެ ހިތަށް ކޮށްފައި ވާނޭ އަސަރު އުމައިރްއަށް އިހްސާސް ކުރެވުނު ނަމަވެސް ނަވަލްއަށް ކުލްސޫމްގެ އެހީތެރިކަން ބޭނުންވާނޭ ކަމުގައި އުމައިރް ގަބޫލު ކުރިއެވެ.

ކުލްސޫމްއަށް ވަގުތުކޮޅެއް ދެމުން އުމައިރް ކާގެއިން ނުކުތެވެ. ލަސް ފިޔަވަޅު ތަކެއްގައި ގޮސް އޭނާ ކޮޓަރިއަށް ވަތް އިރު ނަވަލްގެ ހާލު އޮޅުން ފިލުވަން ވެސް ހިތަށް އެރިއެވެ. އެހެނަސް އުމައިރްއަށް ވެސް އެކަމަށް ފަސްޖެހެވުނީއެވެ. ހިތްވަރު ނެތިގެނެއް ނޫނެވެ. އެހެނަސް ނަވަލްއާ ކުރިމަތިލާނޭ ގޮތް ސިކުނޑީގައި ނެތީތީއެވެ.

ކޮޓަރިއަށް ވެރިވެފައިވީ ނިދާ ބޮކީގެ ފަނޑު އަލިކަމެވެ. އޭސީގެ ފިނިކަން ފުދޭ ވަރަކަށް ގަދަކޮށް ހުރި ނަމަވެސް އެކަމުން ނަވަލްއަށް އުނދަގޫވާހެނެއް ހިއެއް ނުވެއެވެ. މުސައްލަ މަތީ އިން އިރު ދުޢާ އަށް އެ ދެ އަތްތިލަ ވީ ނެގިފައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތަކާއެކު އެ އެސްފިޔަތަށް ވީ ތިރިކޮށްލެވިފައެވެ. އެ ހިތް ތަކުރާރުކޮށް ތައުބާވަމުން ދިޔައީ ވެރި ރައްބުގެ ހަޟްރަތުންނެވެ. ރޮއެ ރޮއެ ކަރުނަ ހުސްވާނެ ނަމަ އެ ލޮލުން ހުސްވީހެވެ. ހިތްވަރެއް ނެތަސް ދުނިޔެއާ ކުރިމަތިލާން ނަވަލް ބޭނުމެވެ. ޔާޒްގެ ވާހަކަތަކުން އޭނާ ހިތްވަރު ހޯދީއެވެ. ކުރެވުނު ފާފައަށް ތައުބާ ވުމަށް ހިތުގައި ކަނޑައެޅި އަޒުމާއެކު އެ ހިތުގައިވީ ސާބިތުކަމެވެ. ހެއްދެވި ފަރާތާ ދެމެދުގައި ވި ގުޅުން ވަރުގަދަ ވުމުގެ ސިއްރެއް ކަމުގައި އެކަން ވިއެވެ. މިހާރު އެ ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިއްބައިދެނީ ކުރެވޭ ނަމާދުންނެވެ. މި ހުރިހާ ދުވަހު ހިތުގައި ނެތް އުންމީދެއްގެ ހުޅުކޮޅު ދިއްލުނުހެން ނަވަލްއަށް ހީވިއެވެ. އަނދިރިކަމުގެ ތެރެއިން އޭނާއަށް ލިބުނު އަލިކަމެއްގެ ގޮތުގައި ނަވަލް ސިފަކުރީ އެ ހަށިގަނޑުގައި އުފެދެމުން ދިޔަ ތުއްތު ފުރާނައެވެ.

ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވުމާއެކު ނަވަލް ލޯ ހުޅުވާލިއެވެ. ނަމާދުން ތެދުވެ މުސައްލަ އޮޅާލުމަށްފަހު ތެދުވި އިރު ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް ނަޒަރެއް ހިންގާލިއެވެ. ފާއިތުވެ ދިޔަ ދެ ހަފްތާ އެ ދޮރުގައި ޓަކި ޖަހާލި މީހަކު ނެތެވެ. ކޮންމެ ދުވަހަކުހެން ޔާޒްއާއި ޔެލިޒް އައި ނަމަވެސް އެ ދެ ޒުވާނުން އަންނާނީ ހަވީރު ވަގުތުގައެވެ. ވީ އިރު އެފަދަ ގަޑިއެއްގައި އަންނާނެ މީހަކާ މެދު ނަވަލްގެ ހިތުގައި ސުވާލު އުފެދުނެވެ.

އަޅައިގެން ހުރި ދޮޅި ބޭލުމަށްފަހު ބޮލަށް ހެޔޮވަރު ކޮށްލި ކަޅު ބޮޑު ބުރުގާ ހުރީ ނަވަލްގެ ބަނޑު ފޮރުވޭނޭހެންނެވެ. ލޯގަނޑު ކުރިމަތީ ހުރެ ހަށިގަނޑަށް ބަލާލުމަށްފަހު ނަވަލް ދޮރުހުޅުވީ މާތްﷲ އަށް ވަކީލު ކުރަމުންނެވެ. އޭނާއަށް ސާބިތުކަން ދެއްވާތޯއެވެ.

ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔުމާއެކު ބޭރުގައި ހުރި މީހަކު ނަވަލްއަށް ފެނުނެވެ. އެ މޫނުން ފާޅުވެގެން ދިޔައީ ހިސާބެއްގެ ހައިރާންކަމެވެ. އެހެނަސް އިސްޖަހާލަމުން އެއް ފަރާތަށް ޖެހިލީ ބޭރުގައި ހުރި ކުލްސޫމްއަށް އެތެރެއަށް ވަނުމަށް ޖާގަ ދެމުންނެވެ.

= ނުނިމޭ =

 

 

Ads by Ooredoo
  1. ރިދާ

    ކީއްވެތަ ފޯވީތީ މިހިތް ކަރުނުން ނުގެންނަނީ

    • އެއީ މީނަގެ ވާހަކަ އެއް ނޫނޭ ރިދާ

      .

  2. ޢަނާ

    ހާދަ ކުރުކޮށެ މިހާރު މި ވާހަކަ ގެންނަނީ؟ އެހާ ލަހުން އަޕްޑޭޓް ވަނީ ވެސް.

  3. ވާހަކަ ވ ވ ވރީތި….އެކަމް ކޮންމެސް ކުއްޖެއް އަޒްކީ ކައިރީ ބުނެދީބަލަ ވ އިންތިޒާރުގަ އެބަހުރިއޭ ކުައްޖެއް…