ޚަބަރު

އދ. ގެ ރިޔާސަތުގައި ޝާހިދުގެ ދައުރު ހަމަވެއްޖެ, ވީ ކަމެއް ނެތް!

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އެކުވެރި ދަޢުލަތުގެ (އދ) 76 ވަނަ ޢާންމު މަޖިލީހުގެ ރައީސް, ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ ދައުރު މިއަދު ހަމަވެއްޖެއެވެ.

Ads by STELCO

އދ. ގެ ޢާންމު މަޖިލީހުގެ ރައީސްކަމުގެ މަޤާމުގެ މުއްދަތަކީ 1 އަހަރެވެ.

އދ. ގެ މެންބަރު ޤައުމުތަކުގެ ގޮތުގައި ހިމެނޭ 193 ޤައުމުގެ މެދުގައި މިދިޔަ އަހަރުގެ ޖޫންމަހުގެ 07 ގައި ނެގި ސިއްރު ވޯޓުގައި، އދ. ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްކަމަށް ޝާހިދު އިންތިޚާބުވެވަޑައިގަތީ 143 ޤައުމެއްގެ ތާއީދާއެކުގައެވެ.

ޝާހިދާއި ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމާލައި ރަސޫލް އަށް ލިބިވަޑައިގަތީ 48 ވޯޓެވެ.

އދ. ގެ ރައީސްކަމުގައި ޝާހިދު ފުރަތަމަ ރިޔާސަތު ބެލެހެއްޓެވީ 2021 ސެޕްޓެމްބަރު 14 ގައެވެ.

ދިވެހި ސަރުކާރުން ޝާހިދު އެ މަޤާމަށް ހޮވަން ކުރި ކެމްޕެއިނަށް ދައުލަތުގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ކަނޑައެޅިއެވެ.

ޝާހިދަށް އެ މަޤާމު ލިބިވަޑައިގަތުމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އޭރު ވިދާޅުވީ މިފަދަ މަޤާމެއް ރާއްޖެއަށް ލިބިގެން ދިއުމަކީ އެހެނިހެން ޤައުމުތަކުން ރާއްޖެއާމެދު ދެކެމުންއައި ގޮތް ބަދަލުވެ, ރާއްޖެއަށް އޮތް އިތުބާރު ބޮޑުވެފައިވާކަމުގެ ހެއްކެއް ކަމަށެވެ.

މަޤާމާ ހަވާލުވެވަޑައިގެން ޝާހިދު ވެސް ވިދާޅުވެފައިވަނީ ރާއްޖެ އދ. ގެ ރިޔާސަތުގައި ހޭދަކުރާ މުއްދަތުގައި ރާއްޖެއަށް ވަރަށް ގިނަ ފުރުސަތުތައް ލިބި, ވަރަށް ބޮޑަށް ދުނިޔޭގެ ޤައުމުތަކުގެ ސަމާލުކަން ލިބޭނެ ކަމަށެވެ.

ނަމަވެސް ޝާހިދުގެ ދައުރުހަމަވިއިރު ވެސް ރާއްޖެއަށް އެއްވެސްކަމެއް ވެފައިނުވާކަމަށް ސިޔާސީ ފަރާތްތަކުން ބުނެއެވެ.

Ads by Ooredoo
  1. ނާޅި

    ތިޔަ އދ ކީ ބޭކާރުތަނެއް އެންމެ 5 ޤައުމަކުން ކޮންޓުރޯލްކުރާ ދުނިޔެ އަޅުވެތި ކުރާ 5 ޤައުމުން ހިންގާ ތަނެއް ބޭކާރު ތަނަކުން ނަތީޖާއެއް ނުނެރެވޭނެ، ފަލަސްތީންގެ ކުޑަކުދިންނާއި އަންހެނުން ޝަހީދު ކުރާތާ 70 އަހަރުވެއްޖެ ކޮބައިތޯ ތިޔަ އދ އެޅުނު ފިޔަވަޅަކީ !

  2. އިގިރޭސި ވިލާތަކީ އެއްވެސްވަރަކަށް ތައުރީފް ހައްޤު ބައެއްނޫން ، އިންސާނިއްޔަތު ކަމުގެ ޒައްރެއްގެ މިންވަރު ހުރިބަޔެއްވެސްނޫން، ފަލަސްތީނު ބިން އިސްތިއުމާރުކޮށް އެ ބިމުގައި ޔަހޫދީ ޒަޔަނިސްޓު ޖަމާއަތެއް ވަޒަންވެރިކުރުވާ އެމީހުނަށް ބަޑިޔާއި ޒަމާނީ ހަތިޔާރުދީގެން ފަލަސްތީނުގެ ކުޑަކުދިން ނާއި އަންހެނުންނާއި މުސްކުޅިން ޝަހީދު ކުރަމުންދާތާ 70 އަހަރުވެގެން މިދިޔައީ އިގިރޭސިން އަތުގައި އދ ގެ ވީޓޯ ކުރުމުގެ ބާރު އޮވެމެ އެއްވެސް ފިޔަވަޅެއް ޒަޔަނިސްޓުންނާއި މެދުގައި ނާޅާ، އެހެންވީއިރު ކޮބައިތޯ އިގިރޭސިންގެ އިންސާނިއްޔަތަކީ އަދި ތަޢުރީފް ހައްގު ވާނެ ގޮތަކީ؟