ހަ ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ރާއްޖޭގައި މި ދުވަސްވަރު ހަ ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ކުރި ޓުވީޓެއްގައިވަނީ މި ދުވަސްވަރު ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ހަ ބައްޔެއްގެ ނަން ޢާންމުކޮށްފައެވެ.
އެއީ ފާނަބަސަންދަ އާއި, ލޮލު ރޯގާއާއި, ހުމާއި ރޯގާ, ހޭންޑް ފުޓް އެންޑް މައުތު, ބޭރަށް ހިންގުން, ޑެންގީ މި ބަލިތަކެވެ.
އެ ބަލިތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ މުހިންކަން އެޗްޕީއޭއިން ފާހަގަކުރިއެވެ.
މިދިޔަ އަހަރާ ބަލާއިރު, މި އަހަރުގައި އަރިދަފުސް ރޯގާ ފެތުރެމުންދާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ މަހު ވެސް 25,000 އަށްވުރެ ގިނަ މީހުންނަށް އެ ބަލި ޖެހުނުކަަމަށް އެޗްޕީއޭއިން ވަނީ ރިޕޯޓުކޮށްފައެވެ.