Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފުލުހުންނަށް ހަމަލާދިން މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ފުލުހުންނަށް ހަމަލާދިން މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

މިދިޔަ ހުކުރު ދުވަހު ތިން ފުލުހަކަށް ހަމަލާދިން މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

މަޖީދީ މަގު ޓެޕްކޮން ހާޑްވެއާ ކައިރިން ތިން ފުލުހަކަށް ހަމަލާދިނީ މިދިޔަ ހުކުރު ދުވަހުގެ 11:50 ހާއިރުއެވެ.

އެ މައްސަލައިގައި ފުރަތަމަ ހައްޔަރުކުރީ މާލެއަށް ނިސްބަތްވާ ޢުމުރުން 18 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެކެވެ. އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން, ކޯޓުން ޢަމުރުކުރީ ތަޙްޤީޤު މަރުހަލާ އަދި ޝަރީޢަތް ނިމެންދެން އެ މީހުން ބަންދުގައި ބޭތިއްބުމަށެވެ.

Advertisement
Allied — Dhen Online (box)

ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން މިއަދު ކޯޓު ޢަމުރެއްގެ ދަށުން ޢުމުރުން 20 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުންނަށް ހަމަލާދިން މައްސަލައާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތިން ފުލުހަކަށް ހަމަލާދިނީ ހެންވޭރަށް ނިސްބަތްވާ ގޭންގަކުން ކަމަށެވެ. އަދި ފުލުހުންނާމެދު ހަރުކަށިކޮށް ކަންތައް ކުރާ މީހުންގެ މައްސަލަ ސީރިއަސްކޮށް ބަލާނެ ކަމަށާއި, މައްސަލައިގައި ހިމެނޭ އިތުރު މީހުން ހައްޔަރުކުރާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް