Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ނަބީލް ހައްޔަރުކުރީ ބަރަހަނާ ވީޑިއޯއާއި ފޮޓޯ ޢާންމުކުރި މައްސަލައިގައި: ފުލުހުން

ނަބީލް ހައްޔަރުކުރީ ބަރަހަނާ ވީޑިއޯއާއި ފޮޓޯ ޢާންމުކުރި މައްސަލައިގައި: ފުލުހުން

ގ.ކަމަރާގޭ މުޙައްމަދު ނަބީލް (ޔާޔާ) ހައްޔަރުކުރީ ބަރަހަނާ ވީޑިއޯއާއި ފޮޓޯ ޢާންމުކުރި މައްސަލައިގައިކަމަށް ފުލުހުން ބުނެފިއެވެ.

''ދެން'' އަށް މަޢުލޫމާތު ދެއްވަމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އިއްޔެގެ ވަގުތެއްގައި ޢުމުރުން 37 އަހަރުގެ ފިރިހެނަކު ހައްޔަރުކުރީ ސޯޝަލް މީޑިއާގައި ބަރަހަނާ ވީޑިއޯއާއި ފޮޓޯ ޢާންމުކުރި މައްސަލައިގެ ތުހުމަތުގައި ކަމަށާއި މައްސަލަ ތަޙްޤީޤުކުރަމުން އަންނަ ކަމަށެވެ.

ދާދިފަހުން ވެސް އޭނާ ހައްޔަރުކުރިއެވެ. ޢާންމު އިޖުތިމާޢީ މިންގަޑާ ޚިލާފު ފޮޓޯތަކެއް ސޯޝަލްމީޑިއާގައި ޢާންމުކޮށްފައިވާ މައްސަލައިގައި ހައްޔަރުކުރުމަށްފަހު އޭނާ ދޫކޮށްލީ މި މަހުގެ ދެވަނަ ދުވަހުއެވެ.

Advertisement
HDC — Sidebar (box)

ްކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ އޭނާ ދޫކޮށްލި ނަމަވެސް އޭނާގެ ފަރާތުން މުޖުތަމަޢުއަށް ނުރައްކަލެއް ނެތްކަމަށް ބުނެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް