Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޔާމީންގެ ކިބައިގައި މަޝްވަރާކުރުމުގެ އަހްލާގެއް ނެތް: އިމްރާން

ޔާމީންގެ ކިބައިގައި މަޝްވަރާކުރުމުގެ އަހްލާގެއް ނެތް: އިމްރާން

ރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ކިބައިގައި މަޝްވަރާކުރުމުގެ އަހްލާގު ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައެއް ބޭފުުޅުންނަށް ގަބޫލުކުރަން ކިތަންމެ ދަތިވި ނަމަވެސް ރައީސް ސޯލިހްގެ ކިބައިގައި މަޝްވަރާ ކުރުމުގެ އަހްލާގު އެބަހުރި ކަމަށެވެ. އެކަމަކު ރައީސް ސޯލިހްގެ ކިބައިގައި މަޝްވަރާކުުރުމުގެ އަހްލާގު ހުރި ވަރާ ގާތަށްވެސް ރައީސް ޔާމީންގެ ކިބައިގައި އަހްލާގު ނެތް ކަމުގައިވެސް ވިދާޅުވިއެވެ.

"އެ ދެ ބޭފުޅުން ރަނގަޅަށް ދެނެވަޑައިގަންނަވާ އެންމެން ދަންނަ ހަގީގަތެއް." އިމްރާން ވިދާޅުވެފައިވެއެވެ. ރައީސް ޔާމީނަށް އިމްރާން ފާޑު ވިދާޅުވެފައި މިވަނީ ލ. ގަމުގައި ނިމިގެން ދިޔަ ތިންވަނަ ވިއަވަތި ކޮންފަރެންސްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތް ކުރައްވާ ތައުރީފް ކުރެއްވުނު ގޮތަކުން ބައެއް މީހުންގެ ފާޑުކިޔުން އިމްރާނަށް އަމާޒުވެފައި ވަނިކޮށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް