ޚަބަރު ސަރުކާރު

ޚިޔާލެއް ފާޅުކުރުމުގެ ކުރިން އެކަމުން ނުކުންނާނެ ނަތީޖާއަކީ ކޮބައިތޯ ވިސްނައިލަންޖެހޭ: ރައީސް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް ޞާލިޙް. ފޮޓޯ: ރައީސް އޮފީސް

ޚިޔާލެއް ފާޅުކުރުމުގެ ކުރިން، ނުވަތަ ބަހެއް ބުނުމުގެ ކުރިން، އެކަމަކުން ނުކުންނާނެ ނަތީޖާއަކީ ކޮބައިތޯ ވިސްނާލަންޖެހޭނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދަާޅުވެއްޖެެއެވެ.

Ads by STELCO

މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑު ހަފުލާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ބަސް ބުނުމުގެ ޙައްޤަކީ، އިންސާނީ ޙައްޤުތަކުގެ މުހިއްމު ތަނބެއް ކަމަށާއި, ދުނިޔެއަށް ހެޔޮ ބަދަލެއް ގެނައުމަށް، ބަސް ބުނުމުގެ މިނިވަންކަން އޮންނަންޖެހޭނެ ކަމަށެވެ.

''ސުވާލަކީ، ވަކި މިންގަނޑެއް، މިކަމުގައި އޮންނަންޖެހޭތޯ ކުރެވޭ ސުވާލު.'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަމަކާ ގުޅިގެން ތިމާއަށް ފެންނަ ގޮތާއި، ދެކޭގޮތް ހާމަކުރުމަކީ، އޮންނަންޖެހޭނެ މިނިވަންކަމެއް ކަމަށާއި, އެހެނަސް ފާޅުކުރެވޭ ޚިޔާލުވާންވާނީ އަނެކާއަށް އިޙުތިރާމް ކުރެވޭ ޚިޔާލަކަށް ކަމަށެވެ. އަދި އެކެއްގެ މިނިވަންކަން ފެށޭ ހިސާބަކީ އަނެކާގެ މިނިވަންކަން ނިމޭ ހިސާބަށް ވެގެންނުވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

''ޚިޔާލެއް ފާޅުކުރުމުގެ ކުރިން، ނުވަތަ ބަހެއް ބުނުމުގެ ކުރިން އެކަމަކުން ނުކުންނާނެ ނަތީޖާއަކީ ކޮބައިތޯ ވިސްނާލަންޖެހޭނެ. އެއީ ތިމާއަށް ފެންނަގޮތް ހާމަކުރުމަކީ ގޯސް ކަމަކަށް ވެގެންނެއް ނޫން. ނަމަވެސް އެ ބުނެވޭ ބަހެއްގެ ސަބަބުން ނުވަތަ ލިޔެވޭ ލިޔުމެއްގެ ސަބަބުން ނުކުންނަ ނަތީޖާއަކީ ރަނގަޅު ނުވަތަ ގޯސް ނަތީޖާއެއްތޯ ބަލައިލުމަކީ ޒިންމާދާރު ނޫސްވެރިން ކުރަންޖެހޭނެ ކަމެއް.''

ރައީސް ވިދާޅުވީ ތިމާގެ ބާރުހުރި އަތް ހޫރާލުމުގެ ޙައްޤު ނިމެނީ، ކައިރީގައި ހުންނަ މީހާގެ ކަންކަށްޓަށް ލިބޭ އަނިޔާއިން ކަމަށްވާނަމަ، އެ މިނިވަންކަން އެ ބޭނުންކުރެވެނީ ރަނގަޅަކަށް ނޫން ކަމަށެވެ. އަދި ކޮންމެ ކަމަކަށް ޤާނޫނެއް ބޭނުމެއްނުވާ ކަމަށާއި, މިއީ ނޫސްވެރިކަމުގެ އެތިކްސްކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

Ads by HDC
  1. މަޝްވަރާ ކުރާއިރުވެސް އެމަޝްވަރާއަކުން ނުކުންނާނެ ނަތީޖާއަކާއި މެދުވެސް ވިސްނާލަންޖެހޭ، މަޝްވަރާ ކަމުގެ އަހުލުވެރިންނާއިއެކު ބާއްވާފަ ޑިކްޓޭޓަރު ވުން، ނުވަތަ ކަމުގެ އަހުލުވެރި ނޫންބަޔަކާއި އެކް މަޝްވަރާ ކުރުން ، މިފަދަ ގޮތަކުން ނިކުންނާނެ ނަތީޖާވެސް ވިސްނުން ހުރި !