Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ޑިމޮކްރަސީއަކީ ހަމައެކަނި މެޖޯރިޓީން ކަންކަން ނިންމުމެއް ނޫން: ނާޒިމް

ޑިމޮކްރަސީއަކީ ހަމައެކަނި މެޖޯރިޓީން ކަންކަން ނިންމުމެއް ނޫން: ނާޒިމް

ޑިމޮކްރަސީއަކީ ހަމައެކަނި މެޖޯރިޓީން ކަންކަން ނިންމުމެއް ނޫންކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެންމެ ހަގު ސިޔާސީ ޕާޓީގެ ރައީސް ނާޒިމް މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ކޮންމެ އަހަރެއްގެ ވެސް 15 ސެޕްޓެމްބަރަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ޑިމޮކްރަސީ ދުވަހެވެ.

Advertisement
HDC — Sidebar (box)

ނާޒިމް ވިދާޅުވީ ޑިމޮކްރަސީއަކީ ހަމައެކަނި މެޖޯރިޓީން ކަންކަން ނިންމުމެއް ނޫން ކަމަށެވެ. އަދި ގައުމުގެ ކަންކަން ނިންމުމުގައި ގާނޫނާ ޚިލާފު ނޫން, ބައިމަދު ފިކުރުތަކާއި ވިސްނުންތަކަށް ޖާގަދޭން ޖެހޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް