ވާހަކަ

ލިބޭތޯ ޔާރު ޖަންނަތުން (ހަތާވީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
(ޓްރެއިލަރ) ލިބޭތޯ ޔާރު ޖަންނަތުން ލިބޭތޯ ޔާރު ޖަންނަތުން (ފުރަތަމަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދެވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިންވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން( ހަތަރުވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނުވަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދިހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެގާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ތޭރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސާދަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަނަރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސޯޅަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސަތާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ވިހިވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެކާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައުވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ފަންސަވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައްބީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެއްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބައްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތެއްތިރީސްވަނަ ބައި)

" އަރްހަމް" އިށީނދެ އިން ބޮޑު ގޮނޑި ވަށައިގެން އަނބުރާލަމުން ސާއިފް އެ ނަން ކިޔާލިއެވެ.

Ads by Sosun Fihaara

*****************

ތުންފަތަށް ވެރިވި ވިހަ ހިނިތުންވުމާއެކު ސާއިފް ނެގީ މޭޒުމަތީ އޮތް ފޯނެވެ. އަރްހަމްއާ ބެހޭ ހުރިހާ މައުލޫމާތެއް އޭނާއާ ހަމައަށް ގެނެސްދިނުމަށް އެދުނީ ހާއްސަ މީހެއްގެ ގާތުގައެވެ. އެ ފޯނު ކޯލު ނިމުނު އިރު އެ މޫނުގައިވީ ހިނިތުންވުން އިހުނަށްވުރެ ފުން ވެއްޖެއެވެ. ފައިސާއާ ބާރަކީ ސާއިފްއަށް ހުރިހާ އެއްޗެއް ފަދައެވެ.

އެހެނަސް އެ ހިތުގައި ހިސާބެއްގެ ނުތަނަވަސްކަމެއް ވިއެވެ. ހެނދުނުއްސުރެ އޭނާ ނެހާންއަށް ގުޅަން ކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެވެ. ހަމައެއާއެކު ކައިސަންގެ ދުރުކަން ވެސް ސާއިފްއަށް އިންތިހާއަށް އުނދަގޫ ކުރުވަމުން ދިޔައެވެ. ރާއްޖެއިން ބޭރުން އައި ފަހުން އެ ދަރިފުޅު ސާއިފްއަށް ފެނިފައި ނެތެވެ. މަހަލްއާއި ސާއިފް ކައިވެނި ކުރީ ވެސް ކައިސަންގެ ނުރުހުމުގައެވެ. ފަހުން ކައިސަންއަށް ވިސްނޭނޭ ކަމުގެ އުންމީދުގައެވެ. އެހެނަސް އޭނާއަށް ހީކުރެވުނީ އެންމެ ރަނގަޅަށް ނޫނެވެ. އެ ކައިވެނީގެ ފަހުން ހުރި ހަމައެކަނި ދަރިފުޅާ މެދު ވެސް ލެވުނީ ބޯ ފާރެކެވެ.

ސިކުނޑިއަށް ބާރު ކުރަން ފެށުމާއެކު ސާއިފް މަޑުމަޑުން ނިތުގައި ހިފަހައްޓާލިއެވެ. މާދަމާ ހެނދުނު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ވެސް އޭނާ ތައްޔާރުވާންޖެހޭކަން ހަނދާންވިއެވެ. އެއާއެކު ސާއިފް ހުރީ ރޯޒީއަށް ކިތަންމެ ބޮޑު އަގެއް ދީގެން ނަމަވެސް އޭނާގެ ބަސް ބަދަލުކުރެވޭ ގޮތް ހެދުމަށް ތައްޔާރަށެވެ. އިންތިހާބު ބޯމަތި ވެފައިވާ އިިރު އެފަދަ ކަމަކުން ރައްޔިތުންގެ މެދުގައި އޭނާއަށް އޮތް މަގުބޫލުކަން ގެއްލެން ސާއިފް ނޭދެއެވެ. އެ ހުރިހާ ކަމަކާ ފިކުރުކުރަމުން ދިޔަ އިރުވެސް ސާއިފްއަށް ނޭނގުނީ ކުރިއަށް އަންނަން އޮތް ތޫފާނުގެ ބާރުގަދަ ކަމެވެ. އޭގެން ސަލާމަތްވުން އެއީ ވުމަށްވުރެ ނުވުން ގާތްކަމެއް ކަމެވެ.

********************

ކާރުން ފޭބި ޔެލިޒްގެ ނަޒަރު ކުރިމަތީ ހުރި ގެއަށް އަމާޒުވުމާއެކު ހިނިތުންވެވުނެވެ. އަތުގައި އޮތް ކޮތަޅުގައި ދެއަތުން ހިފަހައްޓާލަމުން އޭނާ ބަލާލީ ކައިރީގައޮ ހުއްޓުނު އަރްހަމްއަށެވެ. އެ ދެމެދުގައި އަވަސް ނަޒަރެއް ބައްދަލުވިހިނދު ދުރު ބަލާލީ ޔެލިޒްއެވެ. އެހެނަސް ހިނދުކޮޅަކު އެގޮތުގައި އަރްހަމްއަށް ހުރެވުނެވެ. ޖެހިލާ ލުއި ވައިރޯޅިއާއެކު އެ މުށި ކުލައިގެ އިސްތަށިގަނޑަށް އަންނަ ކުދި ކުދި ހަރަކާތްތަށް އޭނާއަށް ނުހަނު ކަމުދިޔައެވެ.

ދެމަފިރިން ހިނގައިގަތީ އެކު އެކީގައެވެ. ބަލާބެލުމަށް އެ ދެމެދުގައިވީ ވަރުގަދަ ގުޅުމެކެވެ. ހިފެހެއްޓުމެއް ނުވާ ލޯތްބާއި އަޅާލުމެވެ. އެއީ ޔެލިޒް ބޭނުންވި ގޮތް ވެސް މެއެވެ. އަސްރާއާ ސަލްމާންއަށް އެފަދައިން ދެއްކުމެވެ.

ގޭގެ ބެލް ޖެހުމާއެކު ދޮރުހުޅުވީ އަސްރާއެވެ. ކުރިމަތީ ހުރި އަންހެން ދަރިފުޅު ފެނުމާއެކު ލޯބިން ގެނެސް ބައްދާލިއިރު އެ ތުންފަތުގައިވީ އުފާވެރި ހިނިތުންވުމެކެވެ. ހިތުގައި އުފެދިގެން ދިޔައީ މައިވަންތަކަމުގެ ޖަަޒުބާތުތަކެކެވެ.

" އަވަހަށް ވަދޭ ދަރިފުޅުމެން. އަދި ކިރިޔާ ދޯ އާދެވޭ ވަރުވީ؟". އަރްހަމްއަށް ބަލާލަމުން އަސްރާ ބުނެލިއިރު އެ އަޑުގައި އެކުލެވިގެން ދިޔައީ ސަމާސާ ގޮތްގަނޑެކެވެ.

" ކޮބާ ބައްޕަ؟". ގޭތެރެއިން ސަލްމާން ފެންނަން  ނެތުމުން ޔެލިޒް އަހާލިއެވެ. ޖަވާބުގައި ސަލްމާން ކޮޓަރީގައި ވެއްޖެކަމުގައި އަސްރާ ބުނެލިއެވެ. އެހެނަސް ސަލްމާންއަށް ގޮވަން ދާން އޭނާ ނޫޅުނެވެ. ބަދަލުގައި ޔެލިޒްއާ އެކު ސޯފާގައި އިށީން އިރު އެ މޫނަށް ވެރިވި ނުތަވަސްކަން ޔެލިޒްއަށް ފާހަގަކުރެވުނެވެ.

"  ގެނޭ މަންމަ އަތަށް ތި ކޮތަޅު. އަންނާނަށް ބަހައްޓާފަ". އަސްރާ ބުނެލުމުން ޔެލިޒް ބަލާލީ ފާޑަކަށެވެ.

" މަންމަ ދޯ! އަޅުގަނޑު މީ މެހެމާނެއްހެން ހީވަނީ. އަޅުގަނޑަށް ވެސް މި ކޮތަޅު ބަހައްޓާފަ އާދެވިދާނެ. އަންނާނަށް ބައްޕައަށް ގޮވާލާފަ". ޔެލިޒް ތެދުވުމުން އޭނާގެ އަތުގައި އަސްރާ ހިފެހެއްޓިއެވެ. އެ މޫނުގައިވީ ކުލަވަރުން ޔެލިޒްގެ ހިތަށް ގޮތެއްވިކަން ގައިމެވެ. ހާސްވެފައި ކިހިނެތްވީތޯ އަހާލެވުނު އިރު އެތަށް ހާސް ހިޔާލަކުން އެ ސިކުނޑި ނުތަވަސްވެއްޖެއެވެ.

" ބައްޕަ ވަރަށް ބަލިކޮށް އުޅެނީ، ދަރިފުޅު ކައިރީ ނުބުނެވުނީތީ މާފުކުރޭ. ބައްޕަ ބޭނުންވީ ލިޒް ކައިރިން ނުބުނަން. ދަރިފުޅު ހަމަޖެހިލަން ވެސް ފުރުސަތެއް ދޭން ޖެހޭނޭ ކަމުގައި ބައްޕަ ބުނުމުން މަންމައަށް އިތުރު ގޮތެއް ނެތީ". އަސްރާ ބުނެލިއިރު އޭނާއަށް އިސްޖަހާލެވިއްޖެއެވެ. ދެމައިންގެ ވާހަކަ އަޑުއަހަން އިން އަރްހަމްއަށް ބަލާލެވުނީ ޔެލިޒްގެ މޫނަށެވެ. ރަތްކަން ވެރިވެފައިވާ އެ މޫނު ކުއްލިއަކަށް ހުދުވިތަން އޭނާ ދުށްޓެވެ.

" އަޅުގަނޑު މިއީ އެހާ ވެސް ދުރު މީހެއްތަ؟ ކީއްވެ ބައްޕަ އެގޮތަށް ވިސްނީ؟ އަޅުގަނޑު ހަމަޖެހޭނީ ކިހިނެތް ބައްޕަ ބަލިކަން އެނގޭއިރު. " ކުއްލިއަކަށް ޔެލިޒް ހުއްޓާލިއެވެ. އޭނާއަށް ބުނެވެން އުޅުނު އެއްޗަކާ މެދު ވިސްނާލިއެވެ. އަސްރާއަށް އެ ހަގީގަތް އެނގޭ ކަމާމެދު އޭނާއަށް ޝަައްކެވެ.
“ބައްޕަ ކައިރިއަށް މި ދަނީ!” ޔެލިޒްގެ އަޑުން އޭނާ ނުރުހުންވިކަން އަސްރާ ދެނެގަތެވެ. އޭރު ޔެލިޒް ތެދުވެއްޖެއެވެ. އެހެނަސް އެ ކުއްޖާ ހުއްޓުވާކަށް އަސްރާ ނޫޅުނެވެ.

ކޮޓަރީގެ ދޮރުގައި މަޑުމަޑުން ޓަކި ޖަހާލުމަށްފަހު ޔެލިޒް އެތެރެއަށް ވަނެވެ. އެނދުގައި އޮތް ސަލްމާން ލޯ ހުޅުވާލީ ބަލިގޮތަކަށެވެ. އެ ތުންފަތް ދެފަރާތަށް ދެމިލީ ޔެލިޒް ފެނުމުންނެވެ. އަތުގެ އިޝާރާތުން ކައިރިއަށް އައުމަށް ސަލްމާން އެދުނެވެ.

ސަލްމާންގެ ހަށިގަނޑަށް އައިސްފައިވި ބަދަލު ފެނި ޔެލިޒްގެ ހިތް ރޯލިއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިކުރަން އުޅުނު ނަމަވެސް އޭނާއަށް އެކަމެއް ނުކުރެވުނެވެ. ލަސްފިޔަވަޅު ތަކެއްގައި ގޮސް ސަލްމާންގެ މަގަތުގައު އިށީނދެ އެ އަތުގައި ހިފާލި އިރު އެ ދެލޯ ފެންކަޅި ވެއްޖެއެވެ.

"ބައްޕާ". ޔެލިޒް މަޑު މަޑުން ގޮވާލިއެވެ. އިސްޖަހާލެވުނު އިރު އޭނާއަށް ކެތްކުރަން އުނދަގޫވެއްޖެއެވެ. ކިތަންމެ ސިއްރު ކުރަން އުޅުނު ނަމަވެސް ދަރިފުޅުގެ ލޮލުން ވެއްޓުނު ކަރުނަތިކި ސަލްމާން ދުށްޓެވެ. ކަނާތް ހިއްލާ ޔެލިޒްގެ ބޮލުގައި ސަލްމާން ފިރުމާލިއެވެ. އެ ކަރުނައިގެ ސިއްރު އޭނާއަށް އެނގުނެވެ.

" ބައްޕައަށް މާފްކުރޭ ލިޒް. ދަރިފުޅަށް ކައިވެނި މަޖުބޫރު ކުރެވުނީ ބައްޕަގެ މޮޔަކަމުން. ދަރިފުޅުގެ މައްޗަށް ވެވުނު ބޭއިންސާފެއް އެއީ. އެކަމަށް ބައްޕަ ބޭނުން މާފަށް އެދެން". ސަލްމާން ބުނެލިއެވެ. ޔެލިޒްއަށް ވަގުތުން ބޯ ހޫރާލެވުނެވެ. އިޔާޒްގެ ފަރާތުން ސަލްމާންއަށް ހުރިހާ އެއްޗެއް އެނގިއްޖެކަން ޔެލިޒްއަށް ވިސްނުނެވެ. އަރްހަމްއާއި އިޔާޒް ބައްދަލުކުރިކަން ޔެލިޒްއަށް އޮތީ އެނގިފައވެ.

" ނޫން. ބައްޕަ ތި ހީކުރާ ގޮތަށް ނޫން ކަންތައްތައް ވަނީ. އަރްހަމްއަކީ ރަނގަޅު ފިރިއެއް. އަރްހަމް ވަރަށް ލޯބިވޭ އަޅުގަނޑުދެކެ. ލޯބިދީ އަޅާލާ. ކޮންމެ ކަމެއްގައި ވެސް އެންމެ ގާތުގައި ހުރެދޭ. އެހެންވީމަ އެއީ ބޭއިންސާފެއް ނޫން. ބައްޕަ ކޮށްދިން އެންމެ ރަނގަޅު ކަންތައް އެއީ". ޔެލިޒް ބުނެލިއެވެ. ސަލްމާން އޭނާގެ ދަރިފުޅަށް ބަލާލީ ފުން ނަޒަރަކުންނެވެ. އެ ލޮލުގައިވީ ރިހުން އޭނާއަށް ސިއްރެއް ނުވިއެވެ. އެއާއެކު އެ ދަރިފުޅުގެ ގޮތް ވެސް އެންމެ ރަނގަޅަށް އެނގޭނެ އެކަކީ ސަލްމާންއަށްވީ އިރު ޔެލިޒް ހެދީ ދޮގުކަން ވެސް އޭނާއަށް ވިސްނުނެވެ.

" ލިޒް". ސަލްމާން ގޮވާލިއެވެ. އެއްޗެކޭ ބުނަން އުޅުނުހެން ހީވި މަދު ސިކުންތުކޮޅަށްފަހު ސަލްމާން ދޫކޮށްލީ ފުން ނޭވާއެކެވެ. ޔެލިޒްގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިންދާ އެ ދެލޯ ފެންކަޅިވެއްޖެއެވެ. އެ ސިކުނޑީގައި ހިނގަނީ ކީކޭކަމެއް ޔެލިޒްއަށް ނޭނގެއެވެ. އެހެނަސް ސަލްމާންގެ ފެންކަޅިވެފައިވާ ދެލޯ ފެނި ޔެލިޒްއަށް ތުންފިއްތާލެވުނެވެ.

" ބައްޕަ ނެތަސް މަންމައަށް ރަނގަޅަށް ބަލާތި. ލިޒްއާ މަންމައަކީ ބައްޕަ އެންމެ ލޯބިވާ ދެމީހުން. ދަރިފުޅަށް ރަނގަޅު ހަޔާތެއް ލިބޭތޯ ބައްޕަ އަބަދުވެސް ދުޢާ ކުރާނަން. ދުވަހަކުވެސް މަންމަ އެކަނި ކޮށްނުލާތި. ބައްޕަ އެންމެ ދެރަވަނީ މަންމައާ މެދު ވިސްނާލެވޭ ކޮންމެ ފަހަރަކު. މިއަދު ވެސް މަރުވެ...". ކުއްލިއަކަށް ސަލްމާންގެ ވާހަކަ މެދުކެނޑިއްޖެއެވެ. ދޮރުމަތީ ހުރި އަސްރާ ފެނި އޭނާގެ ދުލުގައި ތަޅެއް އެޅުވުނު ފަދައެވެ. ހިމޭންވެފައި އެ ދިމާލަށް ބަލަން އިންދާ ޔެލިޒްވެސް ފަސް އެނބުރި ބަލާލިއެވެ. އަސްރާ ފެނުމާއެކު އޭނާއަށް ވެސް ކޮޅަށް ތެދުވެވުނީއެވެ.

ސަލްމާންއާ ޔެލިޒްގެ ލޮލުން ފައިބަމުން ދިޔަ ކަރުނައިން އަސްރާގެ ހިތް ތެޅިލިއެވެ. ކުރިއަށް ފިޔަވަޅެއް އަޅާލިއިރު އޭނާއަށް މޭގައި އަތް އަޅާލެވުނެވެ. ސަލްމާންގެ ކޮންމެ ޖުމްލައެއްމެ އޭރު އެ ސިކުނޑީގައި ހަރުލާފައި ވިއެވެ.

"ކޮން ވާހަކައެއް ބައްޕަ އެ ދައްކަނީ؟". އަސްރާ އަހާލީ ޔެލިޒް ގާތުންނެވެ. އެ ސުވާލުގެ ޖަވާބު ދިނުމުގެ ބަދަލުގައި ޔެލިޒް އަވަސް ހިނގުމެއްގައި ކޮޓަރިން ނުކުތެވެ. އޭނާގެ ފަހަތުން ވާނުވާ ނޭނގި ހުރެ އަސްރާ ވެސް ނުކުތީ ހާސްވެފައިވާ ހިތަކާ އެކީގައެވެ.

އެކޮޓަރިއަށް އަރްހަމް ވަނީ އިރުކޮޅަކުންނެވެ. އެނދުގައި އޮތް ސަލްމާންއަށް އޭނާ ބަލާލީ ހަމްދަރުދީގެ ނަޒަރަކުންނެވެ. އިޔާޒްގެ ވާހަކަތަށް އެ ސިކުނޑީގައި ގުގުމައިގަތުން ޖީބަށް ޖަހާލެވިފައިވާ އަތަށް ބާރުކޮށްލެވުނެވެ.

" އަރްހަމް. ޔެލިޒްއަށް ބަލާތި. އެ ކުއްޖާ ހުންނާނީ ވަރަށް ދެރަވެފަ މިހާރު. ބައްޕައަށް ނޭނގެ ހަދަންވީ ގޮތެއް. މިކަން ސިއްރު ކުރަން ކުރި ހުރިހާ ކަމެއް ބޭކާރުވެއްޖެ. އަރްހަމްއާ ހަވާލު ކުރި އަމާނާތެއް ލިޒް އެއީ. އެ އާމާނާތައް ދުވަހަކުވެސް ހިޔާނާތްތެރި ނުވާތި. ބައްޕަގެ ލޮލުގެ ނޫރު ފަދައިން ބަލައި ބޮޑު ކުރި ދަރިއެއް އެއީ. މިހާރު ބައްޕައަށް ލިޒްއަށްޓަކާ ކޮށްދެވޭނެ މާ ބޮޑު ކަމެއް ނެތް. އަރްހަމް ކައިރިން ބައްޕަ އެދެން ބޭނުންވަނީ އެންމެ ކަމެއް. އެއީ ކޮންމެ ހާލެއްގައި ވެސް ލިޒް ދޫކޮށްނުލާތި. ވައުދުވާނަންތަ؟". ސަލްމާން އަހާލިއެވެ. އަރްހަމްއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

އޭނާއަށް އެކަން ކުރެވިދާނެތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ. އެ ޒިންމާއާ އޭނާއަށް ހަވާލުވެވިދާނެއެވެ. ކުޑަކޮށް ވިސްނާލުމުން އެ މޫނަށް ވެރިވެގެން ދިޔައީ ސާބިތުކަމެވެ. ކޮންމެ ހާލެއްގައި ޔެލިޒްއާ އެކު ވުމަށް އަރްހަމް އަމިއްލަ ނަފްސަށް ވައުދުވިއެވެ. އެ އަންހެންކުއްޖާއަކީ ދިރިއުޅުމުގެ ބޮޑު ހިއްސާއެއް އަދާކުރާ ކުއްޖަކަށް ވެފައިވާކަން އަރްހަމްއަށް އޮޅުވާލެވޭކަށް ނެތެވެ. އެ ސޫރައިން ހިތަށް ގެނުވަދޭ ހިތްހަމަޖެހުން އެއީ ހީވާ ހީވުމެއް ކަމުގައި ހެދެން ނެތެވެ. ނޭނގި ހުއްޓާ ޔެލިޒްއަަށް އެ ހިތުން ޖާގައެއް ދެވުނީތޯ އަރްހަމްއަށް ޒަމީރާ ސުވާލުކޮށްލެވުނެވެ.

" ވައުދުވަން". އަރްހަމް މަޑުމަޑުން ބުނެލަމުން ސަލްމާންއަށް ބަލާލިއެވެ.

އަސްރާ އެނބުރި އައީ އިރުކޮޅެއް ފަހުންނެވެ. ދެއަތް ޖޯޑުކޮށްލެވިފައިވީ އިރު އެ ލޮލުގައިވި ކަރުނައިގެ އަސަރު ސަލްމާންއަށް ފެނުނެވެ. އުނދަގުލުން ހިންދިރުވާލެވުމާއެކު ސަލްމާން އިސްޖަހާލީ ކުށްވެރިއަކު ފަދައިންނެވެ. މި ހުރިހާ ދުވަހު އަސްރާއަށް އެ ބޮޑު ހަގީގަތް ސިއްރު ކުރެވުން އެއީ އޭނާއަށް ހެދުނު ގޯހެއް ކަމުގައި ސަލްމާން ގަބޫލު ކުރިއެވެ.

އަސްރާއާއި ސަލްމާންއަށް ވަގުތުކޮޅެއް ދެމުން އަރްހަމް ނުކުތެވެ. އޭނާގެ ފިޔަވަޅުތައް މަޑުޖެހުނީ ދޮރާ ނިވާވާނެހެން ހުރި ޔެލިޒް ފެނުމުންނެވެ. ފާރުގައި ހަށިގަނޑު ލައްކޮށްލައިގެން ހުރި އިރު އޭނާގެ ދެ ލޯ މަރާލެވިފައި ވިއެވެ. މީހެއްގެ ހިލަންވެ ސިހިފައި ޔެލިޒް ލޯ ހުޅުވާލިއެވެ. ކައިރީގައި ހުރި އަރްހަމް ފެނުމާއެކު އޭނާ ހަށިގަނޑު ސީދާކޮށްލީ ނުހަނު އަވަހަށެވެ.

" ލެޓްސް ގޯ ހޯމް" ޔެލިޒް ބުނެލިއެވެ. އަރްހަމް ބަލާލީ ގަބޫލު ނުކުރެވިފައިވި ފަދައަކުންނެވެ. އެހެނަސް ޔެލިޒް އެދުނު ގޮތަށް އަރްހަމް އިތުރު އެއްޗެއް ނުބުނެ ހިނގައިގަތެވެ. ކާރާ ހަމައަށް ދެވުނު އިރު ވެސް އެ ދެމެދަށް ވެރިވެފައިވީ ހިމޭންކަމެވެ. އެކަމުން ދެ ޒުވާނުންނަށް އުނދަގޫވި ނަމަވެސް އިސްވެ އެކަކު ވެސް ވާހަކަ ދައްކަން ބޭނުން ނުވާ ކަހަލައެވެ.

" ކޮންތާކަށް މި ދަނީ؟". ބޮޑުތަކުރުފާނު މަގަށް ކާރުގެ މިސްރާބު ބަދަލުވުމާއެކު ޔެލިޒް ސުވާލުކޮށްލިއެވެ.

" ކާން މިދަނީ. ލިޒް ނުވެސް ކައި ތިއުޅެނީ މިއަދު. އަހަރެން ވެސް ވަރަށް ބަނޑުހައި. ނޫނެކޭ ނުބުނާތި. އާފްޓަރ އޯލް، އައި އޯ ޔޫ އެން އެޕޮލޮޖީ". އަރްހަމް ބުނެލިއެވެ. އެހިނދު ޔެލިޒްގެ ސިއްރު ނަޒަރު އަރްހަމްއާ އަމާޒުވެލިއެވެ.

" ކޮން ކަމަކަށް އަހަރެންގެ ފަރާތުން އަރްހަމް މާފަށް އެދެން ޖެހެނީ؟". ޔެލިޒް އަހާލިއިރު އޭނާގެ ނަޒަރު ހުއްޓިފައިވީ ބޭރަށެވެ. ކާރުގެ ލޯގަނޑު ތިރިކޮށްލެވިފައިވުމުން ޖެހިލާ ފިނި ރޯޅިން އެ ނަފްސަށް ހަމަޖެހުމެއް ގެނުވައިދިނެވެ.

" ފޮރ އެވްރީތިންގް. ޔޫ ޑޯންޓް ޑިސާވް އެނީ އޮފް އިޓް. އަހަންނަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން އެނގޭ. އެކަމަށް މާފަށް އެދެން ވެސް ޖެހޭ." އަރްހަމްގެ އަޑުގައި އެކުލެވިގެންވީ ޖަޒުބާތުން ޔެލިޒްގެ ހިތް ފިނިވާން ނެގީ މަދު ވަގުތުކޮޅެކެވެ. އެހެނަސް އެ އިހްސާސްގެ މައްޗަށް އޭނާ ބާރު ފޯރުވިއެވެ.

" މާފަށް އެދިފަ އަނެއްކާވެސް ރުޅި އައީމަ ބޭނުން އެއްޗެއް ބުނެލަންތަ ތި އުޅެނީ؟" ޔެލިޒް އަހާލުމުން އަރްހަމް ކުޑަކޮށް އޭނާއަށް ބަލާލިއެވެ. އެ މޫނުގައިވި މައުސޫމުކަމުން އެ ހިތް ފުރުނުވަގުތު އަވަސް އަވަހަށް ޔެލިޒްއާ ނަޒަރު ވަކިކޮށްލިއެވެ.

" ނޫން. އެއީ އަހަންނަށް ކުރެވުނު ގޯސްކަމެއް. ކީއްވެ ޔެލިޒް ދޮގުހެދީ؟". މައުޟޫ ބަދަލުކޮށްލީ އަރްހަމްއެވެ. އެހެނަސް އޭނާ އެ ބުނި އެއްޗެއް ޔެލިޒްއަށް ފަހުމް ނުވި ފަދައެވެ. އެ ބެލުމުގައިވީ އެފަދަ އަސަރެކެވެ.

" ޔޫ ސެއީޑް އައިމް ގުޑް ޓު ޔޫ. ލިޒްދެކެ އަހަރެން ލޯބިވެޔޭ . ކީއްވެ އެ ހުރިހާ އެއްޗެއް ބުނީ؟" އަރްހަމް އަހާލުމުން ޔެލިޒް ކުޑަކޮށް ރަކިވިއެވެ. ހަގީގަތުގައި އޭނާ އެފަދައިން ބުނީ ސަލްމާން ހިތްހަމަޖައްސައި ދިނުމުގެ ނިޔަތުގައެވެ. އެހެނަސް އަރްހަމްއަށް އެވާހަކަތައް އިވުނުކަން އެނގުމުން ފުރަތަމަ ބުނާނެ އެއްޗެއް ވެސް އެ ސިކުނޑިއަށް ނައެވެ.

" ނޭނގެ". ޔެލިޒްގެ ޖަވާބު ކުރެވެ. އެއާއެކު ކާރުތެރޭގައި އަރްހަމްގެ ލުއި ހުނުމުގެ އަޑު ގުގުމާލިއެވެ. ޔެލިޒް ބަލާލީ ލޮލުގެ ހިމަކޮޅުންނެވެ. އެ މަދު ވަގުތުކޮޅު ތެރޭ ވެސް އަރްހަމްގެ ފިރިހެންވަންތަކަށް އޭނާގެ ލޮލުގައި އަޅައިގަތެވެ.

" ކިހިނެތްވީ؟ ނޭނގުމަކީ ވެސް ޖަވާބެއް. އެހެން ނޫނަސް އެއީ ހުސް ދޮގު ވާހަކަތަކެއްނު". ޔެލިޒް ބުނެލުމުން އަރްހަމްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އެ އަންހެންކުއްޖާގެ ސިކުނޑީގައި ހިނގަމުންދާ ކަންކަން އޭނާއަށް ކޮންމެވެސް ވަރަކަށް ވިސްނުނެވެ.

" ލޯބި ނުވާކަން ކިހިނެތް އެނގެނީ؟ ލިޒްއަށް ކޮން ޔަގީންކަމެއް އޮތީ؟ " އަރްހަމް އަހާލިއެވެ. އެއާއެކު ކާރު ތެރެއަށް ވެރިވެގެން ދިޔައީ ހިމޭންކަމެވެ. ޔެލިޒްއަށް އެއަށް ދޭނޭ ޖަވާބެއް ނޭނގުނު އަރްހަމް އިނީ އެތެރެއިން ހީލަ ހީލައެވެ.

" އޯކޭ! ސުވާލުގެ ޖަވާބު ދެން ފަހުންދޯ. މި އާދެވުނީ". ކާރު ޕާކް ކޮށްލަމުން އަރްހަމް ފޭބިއެވެ. އޭރު ޔެލިޒް ވެސް ކާރުން ފޭބުމަށްފަހު މަޑުކޮށްލައިގެން ހުއްޓެވެ. އެ މޫނުގައިވި އަސަރުތަކުން އަރްހަމް ކުޑަކޮށް ހަމަޖެހުނެވެ. ކުރިން ފެންނަން ހުރި ހިތާމައިގެ އަސަރުތައް ކޮންމެވެސް ވަރަކަށް އެ މޫނުން ފިލާފައިވިހެން ހީވެއެވެ.

ދެ ޒުވާނުން އެކުގައި ގޮސް ރެސްޓޯރެންޓަށް ވަނެވެ. އޯޑަރު ދިނުމަށްފަހު އަރްހަމް އޭނާ އޮޅުންފިލުވަން ބޭނުންވި ހަގީގީ މައުޟޫއަށް ޖެހިލިއެވެ. ޔެލިޒްއަށް ސަލްމާންގެ ބައްޔާ ބެހޭ ގޮތުން އެނގުނީ ކޮން އިރަކުތޯ އަހާލި އިރު އެ ސުވާލުގެ ޖަވާބު ލިބޭނެ ކަމާމެދު ވެސް އޭނާ ހުރީ ޝައްކު އުފެދިފައެވެ. ޔެލިޒް ވާހަކަ ދައްކަން ފެށީ އިރުކޮޅަކުންނެވެ.

" އެންމެ ފުރަތަމަ ބައްޕައާ މަންމަ ކައިވެނީގެ ވާހަކަ ދެއްކި ދުވަހު. މަންމަ ހުރީ ވަރަށް ހިތްހަމަ ނުޖެހިފަ ބައްޕަގެ ވާހަކަތަކުން. އެކަމަކު ބައްޕަ ވާހަކަ ދެއްކި ގޮތުން ލިޒްއަށް ޝައްކެއްވި. އޭގެ ކުރިން ވެސް ބައްޕަ މާގިނައިން ބޭސް ކާ ކަން ވެސް ފާހަނގަކުރެވުނު. ސުވާލު ކޮށްލީމަ ބުނާނެ މާ ބޮޑު ކަމެއް ނުވެއޭ. އެރޭ ބައްޕަ ބޭރަށް ދިޔުމުން ލިޒް ކޮޓަރިއަށް ވަނީ. އައި ނޯ އިޓްސް ނޮޓް އިވެން އެ ގުޑް ތިންގް . އަލަމާރީގެ ވަތްގަނޑު ތެރޭ އޮތް ފައިލްގަ ހުރިހާ ބޭސް ސިޓީއަކާ ޑޮކްޓަރގެ ލިޔުން ހުރީ. ލިޒްއަށް ފުރަތަމަ ނޭނގުނު ކޯއްޗެއް ކަމެއް. އޭގެ ފޮޓޯ ނަގައިގެން އިންޓަރނެޓް ބެލީމަ އެނގުނީ. އެރޭ ވަރަށް ވިސްނިން. ބައްޕައަށް އަރްހަމް ކަމުދާނީ ކޮންމެވެސް ހާއްސަކަމެއް ހުރީމަކަން ގަބޫލު ކުރެވުނު. އެހެން ނޫނަސް ލިޒް ކުރިން ވެސް ބުނި ގޮތަށް ބައްޕަ އެދޭނެ އެންމެ ފަހުގެ އެދުން ނޫން ކަމެއް ވެސް ނޭނގެ" ޔެލިޒް ހާމަކުރީ ހަގީގަތެވެ. މޭޒުމަތީ ބާއްވާލެވިފައި އޮތް އޭނާގެ އަތްތިލައިގައި އަރްހަމް ހިފެހެއްޓިއެވެ. ޔެލިޒްއާ ނަޒަރު ސީދާކޮށްލި ހިނދު އެ ތުންފަތަށް ވެރިކޮށްލީ ލުއި ހިނިތުންވުމެކެވެ.

" އައި އެމް ޕްރައުޑް އޮފް ޔޫ.. މައި ވައިފް" އެއް ލޯ މަރާލަމުން އަރްހަމް ބުނެލުމާއެކު ޔެލިޒްއަށް ވެސް ހެވިއްޖެއެވެ. އަތް ދަމައިގަންނަމުން އޭނާ ބަލާލީ ދެލޯ ހަނިކޮށްލަމުންނެވެ.

" ބުނީމެންނު އަތް ނުލާށޭ". ހެވިފައި އިނދެ ޔެލިޒް ބުނެލީ ސަމާސާ ކުރުމުގެ ގޮތުންކަން އަރްހަމް ދެނެގަތެވެ. އެދެމެދުގައި އުފެދިގެން ދިޔަ އެކުވެރިކަމުގެ ގުޅުން ވެގެން ދިޔައީ ދެ ޒުވާނުންނަށް ވެސް ލިބުނު ހަމަޖެހުމަކަށެވެ. ހަމަ އެއާއެކު އަރްހަމްގެ ފަރާތުން ލިބެން ފެށި އޯގާތެރި ކަމުގެ ސަބަބުން ޔެލިޒްއަށް ވެސް އިނދެވުނީ ހިނިތުންވެވިފައެވެ.

*********************

ހެނދުނުގެ ވަގުތެވެ. ދިހައެއް ޖަހަން ފަސްމިނިޓަށް ވެފައި ވަނިކޮށް ސާއިފްގެ ކޮމްޕެނީގެ ދޮރުމައްޗަށް މަޑުކޮށްލީ ކަޅު ކުލައިގެ އޮފުކަން ގަދަ ކާރެކެވެ. އެއާއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ނޫސްވެރިން އެ ކާރާ ދިމާލަށް ތޮށްޖެހެންފެށީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ހުއްޓުމެއްނެތި ކެމެރާތަކުގެ ފްލޭޝް ކެނޑެމުން ދިޔަ އިރު އެ ކާރުގައި އިން ސާއިފްގެ މޫނުން ފެންނަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. މީހާ ހަމަޖެހިލުމުގެ ބޭނުމުގައި ދޫކޮށްލި ފުން ނޭވަޔާއެކު ސާއިފް ކާރުގެ ދޮރު ހުޅުވާލިއެވެ. ކަނާތް ކުޑަކޮށް މައްޗަށް ހިއްލައި އެއްވެފައި ތިބި މީހުންނަށް ހަނާ އަޅަމުން ގޮސް އޭނާ ކޮމްޕެނީއަށް ވަނެވެ. އެ ނަފްސަށް ހަމަޖެހުމެއް ލިބުނީ ދެނެވެ. ކައިރީގައި ތިބި ބޮޑީ ގާޑުންނަށް ނުރުހުންވުމުގެ ނަޒަރަކުން ބަލާލިއިރު ލޮލުން އިޝާރާތެއް ކޮށްލިއެވެ. އެއާއެކު އެތަނުން އެކަކު ފަހަތަށް ޖެހިލިއެވެ. ބާކީ ތިބި ތިންމީހުންނާއެކު ސާއިފް ލިފްޓުން އެރީ ނުވަވަނަ ބުރިއަށެވެ.

އޭރު ނުވަވަނަ ބުރީގައިވާ ކޮންފަރެންސް ރޫމްވީ ކުރިއަށް އޮތް ނޫސްވެރިންގެ ބައްދަލުވުމަށްޓަކާ ތައްޔާރުކޮށްލެވިފައެވެ. އެ ހޯލަށް ވަނުމާއެކު ސާއިފްގެ މޫނުގައިވި ކުލަވަރު ބަދަލުކޮށްލިއެވެ. އޭނާއަށް ހާއްސަކުރެވިފައިވާ ގޮނޑީގައި އިށީނދެ ބައްދަލުވުން ކުރިއަށް ގެންދިޔުމަށް އިޝާރާތް ކޮށްލިއެވެ.

ހުރިހާ ނޫސްވެރިންނަށް ސާއިފް ބަލާލިއެވެ. އޭނާގެ ތުންފަތް ކުޑަކޮށް ދެމިލީ އެންމެ ފަހަތު ބަރީގައި އިން ޒުވާނާ ފެނުމުންނެވެ. އެ ޒުވާނާގެ އިސްއޮބާލެވިފައިވި އިރު އަތުގައި އޮތް ގަލަމުން އެއްޗެއް ލިޔަމުން ދިޔައެވެ.

" އާދެ! އަޅުގަނޑުގެ ސުވާލަކީ މަނިކުފާނުގެ އިސްތަށިފުޅުގައި އެހާ ބޮޑު ތުހުމަތެއް އެ އަންހެންކުއްޖާ އަޅުވަންޖެހޭ ސަބަބަކީ ކޮބާތޯ ؟". ފުރަތަމަ ބަރީގައި އިން ނޫސްވެރިޔާގެ ސުވާލާއެކު ސާއިފްގެ ތުންފަތަށް ވެރިވީ ސިއްރު ހިނިތުންވުމެކެވެ. އޭނާގެ ރޭވުމާއި އެއް ގޮތަށް ސުވާލުތައް ކުރަން ފެށުމުން ސާއިފްއަށް އޭނާގެ ކޮޅު މޮޅުވެއްޖެކަމުގައި ވަގުތުން ނިންމުނެވެ. އެހެނަސް އަރްހަމްގެ ފަރާތުން އަތުވެދާނޭ ސުވާލަކަށް ސާއިފް ތައްޔާރެއް ނޫނެވެ. އެ ނޫހުން ކުރިން ނާންނާނެ ކަމުގައި ބުނެފައި އޮތުމުން ސާއިފްއަށް އެކަމާ އުޅެވިފައި ނެތީއެވެ. އޭނާ ވަނީ ބާކީ ހުރި ނޫސްތަކުގެ ވެރިންނަށް ބޮޑު އަގު ދީގެން ވެސް ސާއިފް ބޭނުންވާ ސުވާލުތައް އެކަނި ކުރެވޭނެ ގޮތް ހަދާފައެވެ. ބޭނުމަކީ ރައްޔިތުންގެ ތާއީދު ހޯދުމެވެ.

" ތި ސުވާލުގެ ޖަވާބު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އިނދިކޮޅު ކެންޑިޑޭޓަށް. މިއީ އެބޭފުޅުން އަޑީގައި ތިބެގެން ރާވައި ހިންގާ ކަމެއް ވީމަ އެ ބޭފުޅުންނަށް ނޫންތޯ ތި ސުވާލުގެ ޖަވާބު އެނގިލައްވާނީ". ސާއިފް މޫނަށް ވެރިކޮށްލި މާޔޫސީ ކުލަވަރާއެކު ބުނެލިއެވެ.

ފަހަރަކު ނޫސްވެރިއަކު ސުވާލުކުރަމުން ގޮސް އަރްހަމްއާ ޖެހުނެވެ. ވަގުތު ހަމަވީ ކަމުގައި ނިންމަން ސާއިފް ބޭނުންވިޔަސް އަރްހަމް އޭނާގެ ސުވާލާއިގެންކުރިއަށް ދިޔައެވެ.

" މަނިކުފާނާ ދެކޮޅަށް ދެކެވޭ ވާހަކަތާ ގުޅިގެން ގިނަ ރައްޔިތުން ދަނީ މަނިކުފާނާ ދެކޮޅަށް އަޑު އުފުލަމުން. ވީމާ މި ކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މަނިކުފާނަށް އޮތް އަޤުލަބިއްޔަތު ކިހާވަރަކަށް ދަށް ވެގެންދާނެ ކަމަށް ލަފާ ކުރަންވަންތޯ؟ އަދި އެ އަންހެންކުއްޖާގެ ބަޔާނުގައި އެ ދުވަހުގެ އެ ހާދިސާ ނުހަނު ތަފްސީލުކޮށްދީފައިވާ އިރު މަނިކުފާނު ވިދާޅުވެދެއްވަފާނަންތޯ އެ ދުވަހު އެ ވަގުތު މަނިކުފާނު ހުންނެވީ ކޮންތާކުކަން؟ އަދި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ފުލުހުންގެ ފަރާތުން މި ކަމަށް އެއްވެސް ބަހެއް ލިބިފައިނުވާއިރު އެއީ މަނިކުފާނު އެދިލައްވައިގެން އެ ބޭފުޅުން ނިންމި ނިންމުމެއްތޯ؟". އަރްހަމްގެ ސުވާލާއެކު ސާއިފްގެ މޫނަށް ވެރިވީ ތަފާތު ކުލަވަރެކެވެ. އެއްވެސް ޖެހިލުންވުމެއް ނެތި އެފަދަ ސުވާލެއް އޭނާއާ ކުރިމަތިކޮށްލި އެފަދަ އެހެން މީހަކު ނެތެވެ. ރުޅީގެ މައްޗަށް ސާއިފްއަށް ގަދަވެވުނެވެ. އެހެނަސް އެ ސުވާލާއެކު އޭނާގެ ދުލުގައި ތަޅެއް އެޅުވުނެވެ.

ނަމަވެސް ދެވަނަ ސިކުންތުގައި ސާއިފް މައިކު ކައިރިކޮށްލިއެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ނަމަވެސް އޭނާ ހުއްޓުން އެއީ ކޮންފަރެންސް ހޯލަށް ވަތް ދެމީހުން ފެނިފައެވެ. ދެލޯ ބޮޑުވެ އިށީނދެ އިންތަކުން ކޮޅަށް ތެދުވެވުނު އިރު އެންމެންގެ ނަޒަރު އެ ދިމާލަށް އަމާޒުވެއްޖެއެވެ.

"ކީއްވެ ޖަވާބު ނުދެވުނީ؟ ކަލޭ ކުރި ކަމެއްވީމައެންނު؟ ނޫންތަ؟ ބުނެބަލަ؟ ތިހާ ވެސް ކަލޭގެ އަމިއްލަ އެދުން ބޮޑު. މައުސޫމު ކިތަން އަންހެންކުދިންގެ އަބުރު ކަލޭ ވެއްޔާ މޮޑެލީ؟" ދޮރުމަތީ ހުރި އަންހެންމީހާގެ ދުލުން ބޭރުވި ބަސްތަކާއެކު އެތަން ހަލަބޮލިވެގެން ދިޔައެވެ.

" ނެހާން". ސާއިފްގެ ދުލުން ބޭރުވީ އެ ނަމެވެ. އެއާއެކު އޭނާއަށް ފިޔަވަޅެއް އަޅާލެވުނެވެ.

" ކުރިއަށް އެންމެ ފިޔަވަޅެއް ވެސް ނާޅާތި. ތި މުޑުދާރު އަނގައިން އަހަރެންގެ ނަން ވެސް މީގެ ފަހުން ކިޔައިގެން ނުވާނެ. އެންމެން އަޑު އަހާ!! ކުރިމަތިން ފެންނަން މިހިރަ ފިރިހެނާގެ ހަގީގަތް އެންމެން ކުރިމަތީ ހާމަވާންވީ ވަގުތު މިއީ!! އަހަރެން ކައިރީ މިހިރަ އަންހެންކުއްޖާއަކީ ކާކުތޯ އަހާބަލަ؟ މިއީ އޭނާ ދަންނަ މީހެއްތޯ އަހާބަލަ؟ ނޭނގޭނެ!! ކަލެއަށް ނުބުނެވޭނެ!! ކީއްވެ؟ ސަބަބަކީ މިއީ ކަލޭ ތި ދެއަތުން މަރާލި ކުއްޖެއް ވީމަ. ކަލެއަށް ހީކުރެވުނީ އެހެންނު. ކަލެއަށް ހީވި އެންނު ޖީން މަރުވެއްޖެއޭ! އަންހެންކުއްޖަކު އުފަންވީމަ ކަލެއަށް ހީވި ކަލޭގެ އާރާ ބާރު ނެތިދާނޭ!! މި އަންހެންކުއްޖާއަށް އެއްވެސް ކަމެއް ނުކުރެވޭނެއޭ!! ތި ހިތުގަ ކުޑަ ވެސް ރަހުމެއް ހަމްދަރުދީއެއް ނެތީމަ އެންނު އަމިއްލަ ލޭހިނގާ ދަރިފުޅު ބިކަކޮށްލީ! މި ހުރިހާ ދުވަހު ކަލޭގެ ހުރީ އެންމެ ދަރިއެއް ކަމަށް ބުނަމުން އައި އިރު މި ދަރީގެ މަތިން ކަލޭ ހަނދާން ނައްތާލީތަ؟؟؟ އަހަންނަށް ދަރިން ނުލިބޭނެއޭ ބުނެ ކަލޭ އޮޅުވާލީ ކިތަށް ފަހަރު؟؟ އެހެން އަންހެނަކާ އިންނަން ބޭނުންވީމަ ނޫންތަ އެއީ؟؟ ދެން ކިހިނެތް ގަބޫލު ކުރާނީ ކަލޭގެ މައުސޫމުކަން. ތި މޫނުގެ ފަހަތުގައި ފޮރުވިފައިވީ މަކަރާއި ހީލަތްތެރިކަން އެއީ އަހަންނަށް އޮޅުވާލެވޭނެ އެއްޗެއް ނޫން. މި އަންހެންކުއްޖާ އަކީ ޖީނާ. ސާއިފްއާ އަހަރެންގެ ހަނގު ދަރިފުޅު. މުޅި ދުނިޔެއަށް ވެސް އެ ކުއްޖެއްގެ ވަސް ފޮހެލަން ސާއިފް ބޭނުންވި ސާއިފްގެ ދަރިފުޅު!" ނެހާންގެ އަޑު ކެނޑުމާއެކު އެންމެންގެ ނަޒަރު ޖީނާއާ އަމާޒުވާންފެށިއެވެ. ލައިވް ކެމެރާތަށް ޖީނާގެ މޫނަށް އެޅެން ފެށުމާއެކު އޭނާއަށް މޫނުމަތީ އަތް ހުރަސްކޮށްލެވުނެވެ.

އޭރު ސާއިފްއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. ބުނާނޭ އެއްޗެއް ނޭނގިފައެވެ. ހުރިހާ ސަމާލުކަމެއް ނެހާންއާއެކު ހުރި ޖީނާއަށް ހުއްޓުނު އިރު ސާއިފްގެ ވަށައިގެންވި ދުނިޔެ އެނބުރޭހެން އޭނާއަށް ހީވިއެވެ.

***********************

އޮފީސް ތެރެ ހަލަބޮލި ވެގެން ދިޔުމާއެކު އަރްޔަން ކެބިންއިން ނުކުތެވެ. ކޮޅު ކޮޅު މައްޗަށް ދުވަމުން ދިޔަ މީހުންގެ ދުލުން ބޭރުވަމުން ދިޔައީ ސާއިފްގެ ނަމެވެ. އެއާއެކު އޭނާގެ ހަނގު ދަރިފުޅުގެ ވާހަކައެވެ. ހިތުގައި އުފެދުނު ސުވާލާއެކު އަރްޔަން ވެސް ޓީރޫމާ ދިމާލަށް މިސްރާބު ޖެހިއެވެ.

އޭރު ގިނަ އަދަދެއްގެ މުވައްޒަފުންގެ ޓީރޫމަށް ޖަމާވަމުން ދިޔައެވެ. އެންމެންގެ މޫނުތަކުން ވެސް ފެންނަން ހުރީ އެއް ކުލަވަރެކެވެ. އަރްޔަންއަށް ވެސް ވީ އެފަދަ ގޮތެކެވެ. ޓީ ރޫމުގައި ހަރުކޮށްފައިވާ ޓީވީން ދައްކަމުން ދިޔަ އަންހެންކުއްޖާ ފެނުމާއެކު އޭނާ ހައިރާންވިއެވެ. ސިކުނޑިން އެތަށް ކަމެއް އެވަގުތުކޮޅު ވިސްނައިގަނެވުނު އިރު އޭނާގެ ދުލުން ބޭރުކޮށްލެވުނީ ޖީނާގެ ނަމެވެ.

= ނުނިމޭ =

 

Ads by Ooredoo
  1. ނޮޓް ބޭޑް…