ޚަބަރު ސަރުކާރު

ރައީސް ޞާލިޙް މާދަމާ އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މި މަހުގެ 19 ވަނަ ދުވަހު ބާއްވާ އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތުގެ 2 ގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާދަމާ އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

Ads by MWSC

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވީ ރައީސް ޞާލިޙް އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ އެ ޤައުމުގެ ސަރުކާރުގެ ދަޢުވަތަކަށް ކަމަށާއި, ރައީސް އެ ދަޢުވަތު ގަބޫލުކުރައްވާފައިވާ ކަމަށެވެ.

އިނގިރޭސި ވިލާތުގެ ރާނީ އަވަހާރަވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. 70 އަހަރަށްވުރެ ގިނަދުވަސް ވަންދެން ރަނިކަން ކުރެއްވުމަށްފަހު ރާނީ އެލިޒަބަތު އަވަހާރަވީ ޢުމުރުފުޅުން 96 އަހަރުގައެވެ.

Ads by HDC
  1. އުއްމީދު

    ވެރިކަން ދެއްވާފަރާތަކީ ﷲ. އެވެރިކަން އޭނާގެކިބައިން ނިގުޅައިގަތުމަށް އިރާދަ ކުރެއްވުމުން އެކަމަށް އެންމެ އެކަށެނަ ސަބަބުތަށް އޭނާގެފަރާތުން ވުމަށް ﷲ އިރާދަކުރަށްވައެވެ. އޭނާއަށް އެކަމުގެ ހިލަމެއްވެސް ނުވާކަހަލައެވެ.