Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އައްޑޫ ސިޓީ ހިތަދޫ ފިހާރައެއްގައި އަލިފާން ރޯކޮށްލި މީހަކު ހޯދަނީ

އައްޑޫ ސިޓީ ހިތަދޫ ފިހާރައެއްގައި އަލިފާން ރޯކޮށްލި މީހަކު ހޯދަނީ

އައްޑޫ ސިޓީ ހިތަދޫ ފިހާރައެއްގައި އަލިފާން ރޯކޮށްލާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން މިއަދު ވަނީ މި މަހުގެ 05 ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫ ބްލޮސަމް ފިހާރައިގައި މީހަކު އަލިފާން ރޯކޮށްލާ މަންޒަރު ފެންނަ ވީޑިއޯއެއް ޢާންމުކޮށްފައެވެ. އެ މީހާ ހުރީ މޫނު ނިވާކޮށްގެންނެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ކުރަމުންދާ ތަޙްޤީޤަށް އޭނާ ހޯދަން ބޭނުންވެ, ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ އެއީ ކާކުކަން ނުހޯދިފައިވާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

އެހެންކަމުން އޭނާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް