Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ތަޖުރިބާ ހޯދަން އޭވިއޭޝަންގެ 23 މުވައްޒިފުން އިންޑިއާއަށް

ތަޖުރިބާ ހޯދަން އޭވިއޭޝަންގެ 23 މުވައްޒިފުން އިންޑިއާއަށް

މަސައްކަތު ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ 23 މުވައްޒަފުން އިންޑިއާއަށް ދިޔުމަށް ހަމަޖެހިއްޖެއެވެ.

މިއީ އިންޑިއާގެ ސަރުކާރުން ރާއްޖޭގައި ހުންނަ އެގައުމުގެ ހައިކޮމިޝަން މެދުވެރިކޮށް ހޯދައިދީފައިވާ ފުރުސަތެކެވެ. މި ދަތުރަކީ އިންޑިއާގެ ސަރުކާރުން ކުރިއަށްގެންދާ މިބާވަތުގެ ޕްރޮގްރާމްތަކުގެ ތެރެއިން ރާއްޖެއަށް ލިބޭ ފުރަތަމަ ފުރުސަތެވެ. އަދި، މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށްދާނެކަމަށް ހައިކޮމިޝަނުން ވިދާޅުވެއެވެ.

މިދަތުރަކީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަކޮށް ބަދަހި ކުރުމުގެ ގޮތުން އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް އިތުރު ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން އިންޑިއާ ސަރުކާރުން ފަންޑުކޮށް ހަމަޖައްސައިދިން ދަތުރެއް ކަމަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނެއެވެ.

Advertisement
Ooredoo — Truecaller (box)

ފަސް ދުވަހުގެ މި ދަތުރުގެ ބައިވެރިން ފުރާނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

އިންޑިއާ ސަރުކާރުން އަންނަނީ އެކި ދާއިރާތަކުން މަސައްކަތުގެ ތަޖުރިބާތައް ހާސިލްކުރުމުގެ ފުރުޞަތުތަކާއި ތަމްރީން ޕްރޮގްރާމްތައް ހިންގަމުންނެވެ. މިގޮތުން ނޫސްވެރިންނަށާއި ސިވިލްސަރވިސްގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަށްވެސް މިފަދަ ތަމްރީން ޕްރޮގްރާމްތައް ހިންގާފައި އެބަހުއްޓެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް