ނައިވާދޫން މީހަކު ކޮވިޑަށް ފައްސިވެއްޖެ

ހދ. ނައިވާދޫން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފައްސިވެފައިވަނީ ހޯމް ކަރަންޓީންގައި ހުރި މީހެއް ކަމަށާއި އެއީ 68 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ މީހާ ފައްސިވިކަން އެނގުނީ ކަރަންޓީން ނިންމާ ޓެސްޓު ހެދުމުންނެވެ.
މިފަހަކަށް އައިސް މާލެއިން ހޯމް ކަރަންޓީނަށް ގޮސް ތިބޭ މީހުން ކަރަންޓީން ނިމުމުން ހަދާ މީހުން އަންނަނީ މި ބައްޔަށް ފައްސިވަމުންނެވެ.
އެހެންކަމުން މިހާރު ޒަރޫރީ ބޭނުމެއް ނޫނީ މާލެއިން ރަށްރަށަށް ދިއުމުގެ ހުއްދައެއް ނުލިބޭނެއެވެ. އެގޮތަށް ނިންމީ އަތޮޅުތެރޭގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ.