Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

މިއަދު ކުޑަކޮށް ދަތިވެފާ ހުއްޓަސް, އަޅުގަނޑަކީ ''ބޮޑާހާކާފައި'' ގޭގަ ހުންނާނެ މީހެއްނޫން: ރައީސް ނަޝީދު

މިއަދު ކުޑަކޮށް ދަތިވެފާ ހުއްޓަސް, އަޅުގަނޑަކީ ''ބޮޑާހާކާފައި'' ގޭގަ ހުންނާނެ މީހެއްނޫން: ރައީސް ނަޝީދު

އެ މަނިކުފާނަށް މިއަދު ކަންތައްތައް ކުރައްވާން ދަތިވެ, ކަންތައްތައް ކުރެއްވޭ ގޮތަށް ނެތްކަމުގައިވީ ނަމަވެސް, ''ބޮޑާހާކާފައި'' ގޭގައި ނުހުންނަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ''އައްޑޫ ލައިވް'' އަށް ދެއްވި ބަސްދީގަތުމެއްގައެވެ.

އައްޑޫ ސިޓީގައި ހުންނަވާ ދެއްވި ބަސްދީ ގަތުމުގައި ރައީސް ނަޝީދު ވަނީ އެ ސިޓީގައި ހުރި ބޮޑެތި މައްސަލަތަކަށް އަލިއަޅުވައިލައްވައިފައެވެ.

Advertisement
Allied — Dhen Online (box)

ރައްޔިތުން އެންމެ ކަންބޮޑުވާ އެއްކަމަކީ އެ ސިޓީގައި ވައްކަމާއި ފޭރުމާއި އެކި ބާވަތްތަކުގެ ކުށަށް އަރައިގަތުމުގެ މައްސަލަ ގިނަވެފައިވުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

''ލޯ އެންޑް އޯޑަރ, ސަލާމަތާއި ރައްކާތެރިކަން މާ ބޮޑަށް ގެއްލިގެން ދިއުން. މި ތަނުގައި ތިބި ފުލުހުންގެ އަދަދު ވެސް މާ ބޮޑަށް މަދުވަނީ.'' ރައީސް ނަޝީދު ވިދާޅުވިއެވެ.

އޭގެ އިތުރުން އިޖުތިމާޢީ މައްސަލަތައް ވެސް އިތުރަށް ގިނަވެފައިވާ ކަމަށާއި, ކުށްމަދު ކުރުމުގެ މަސައްކަތަކީ ކޮންމެހެން ވެސް ސަރުކާރުން ޚާއްސަކަމެއް ދޭންޖެހޭ ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ހަމައެއާއެކީގައި އައްޑޫ ސިޓީގެ ވަރަށް ގިނަ މައިންބަފައިން ފާހަގަކޮށްދިން އަނެއްކަމަކީ ޑްރަގްގެ މައްސަލަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

''މި ރަށުގައި ޒުވާން ޖީލެއް ޑްރަގުގެ ޝިކާރައަކަށްވެ ގެއްލި މިއޮށް ދިޔައީ. އަޅުގަނޑުމެން އަވަސް ފިޔަވަޅުތަކެއް އަޅައި, އެ ކުދިން ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރާންޖެހޭނެ.''

ރައީސް ނަޝީދު ވިދާޅުވީ ވަރިހަމަކޮށްގެން މިހެން ތިބެއްޖެނަމަ އެންމެންނަށް ވެސް އޭގެން ލިބޭނެ ހިތާމަ ވަރަށް ބޮޑުވާނެ ކަމަށެވެ. އަދި އައްޑޫ ރައްޔިތުންނާއެކު އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރެއްވޭނެކަމަށް އުންމީދުކުރައްވާކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

''އަޅުގަނޑު ދެކެނީ އައްޑޫ ރައްޔިތުންނާއެކީގަ އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނެކަމަށް. އަދި އަޅުގަނޑަކީ މިއަދު ކުޑަކޮށް ދަތިވެފާ ހުއްޓަސް ވެސް, އަދި ކަންތައްތައް އަޅުގަނޑަށް ކުރެވޭ ގޮތަށް ނެތްކަމުގައިވީ ނަމަވެސް އަޅުގަނޑަކީ ބޮޑާހާކާފައި ގޭގަ ހުންނާނެ މީހެއް ނޫން. އަޅުގަނޑަށް ވީ މިންވަރަކުން އިރާދަކުރެއްވިއްޔާ އަޅުގަނޑު މި މަސައްކަތުގައި އުޅޭނަން.''

އައްޑޫ ސިޓީގައި ކުށްކުރުން އިތުރުވެފައިވާއިރު, ފުލުހުން ދާދިފަހުން ހާމަކުރި މަޢުލޫމާތުތަކުން ދައްކާ ގޮތުގައި ދެކުނުގެ ހަތް އަތޮޅެއްގައި އެކަނި ވެސް 31 ގޭންގު ހަރަކާތްތެރިވެއެވެ. އޭގެތެރެއިން 13 ގޭންގަކީ އައްޑޫގައި ހަރަކާތްތެރިވާ ގޭންގުތަކެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް