Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޝައިޚް ''ބީއޭ'' ނަސީމް އަވަހާރަވެއްޖެ

ޝައިޚް ''ބީއޭ'' ނަސީމް އަވަހާރަވެއްޖެ

ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔާ ޝައިޚް އާދަމް ނަސީމް (ބީއޭ ނަސީމް) އަވަހާރަވެއްޖެއެވެ.

ޢުމުރުފުޅުން 80 އަހަރުގައި ޝައިޚް އަވަހާރަވީ ފަތިހުގެ ވަގުތެއްގައެވެ.

ކ.ތުލުސްދުއަށްއުފަން ޝައިޚް އަވަހާރަވީ އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށެވެ.

Advertisement
Ooredoo — Truecaller (box)

ޝައިޚްގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު އިސްލާާމީ މަރުކަޒުގައެވެ.

ޝައިޚަކީ ނުވަދިހައިގެ އަހަރުތަކުން ފެށިގެން ދީނީ ގޮތުންނާއި, ސިޔާސީ ގޮތުން ޤައުމު އިސްލާހު ކުރެއްވުމުގެ މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެ ގޮތުން ޝައިޚް ޖަލަށް ވެސް ލިއެވެ.

އޭގެފަހުން އެމްޑީޕީއާ ގުޅިވަޑައިގެން ވެސް އިސްލާހީ މަސައްކަތްތައް ކުރިއަށް ގެންދެވިއެވެ. ނަމަވެސް 2010 ގައި އެ ޕާޓީން ވަކިވެވަޑައިގަތެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް