ސައުދީ ޢަރަބިއްޔާއިން ރާއްޖެއަށް 25 ޓަނުގެ ކަދުރު ހަދިޔާކޮށްފި

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ ރަމަޟާންމަހަށް ވެސް، ސަޢޫދީ އަރަބިއްޔާއިން ރާއްޖެއަށް ކަދުރު ހަދިޔާ ކުރައްވައިފިއެވެ.
މި އަހަރު ބެހުމަށް ހަވާލުކުރި 25 ޓަނުގެ ކަދުރާ މިނިސްޓްރީގެ ފަރާތުން ހަވާލުވެފައި ވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.
މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައި ވަނީ 28 މާރިޗު 2021 ވީ އާދިއްތަ ދުވަހު ދިވެހިރާއްޖޭގައި ހުންނަ ސަޢޫދީ ޢަރަބިއްޔާގެ އެމްބަސީ ގައެވެ.
<img class="alignnone wp-image-73585 size-large" src="https://cdn.dhen.mv/wp-content/uploads/2021/03/IMG-266e2a623ea38df1dad91adeee86402d-V-1024x683.jpg" alt="" width="1024" height="683" />
މީގެ ކުރީގެ އަހަރުތަކުގައި ރާއްޖެއަށް ސަޢުދީގެ ފަރާތުން 50 ޓަނުގެ ކަދުރު ހަދިޔާ ކުރައްވާފައި ވެއެވެ.
ކޮންމެ ރަމަޟާން މަހެއްގައި ވެސް ސައުދީ ޢަރަބިޔާއިން ރާއްޖެއަށް ކަދުރު ހަދިޔާ ކުރައްވައެވެ. ރާއްޖެއާއި ސައުދީ ޢަރަބިޔާއާ ދެމެދު ޒަމާންވީ އެކުވެރިކަމެއް އަބަދުވެސް އޮވެއެވެ.






ކޮމެންޓް