Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް މުޙައްމަދު އަޙްމަދު ނިޔާވެއްޖެ

ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް މުޙައްމަދު އަޙްމަދު ނިޔާވެއްޖެ

ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް މުޙައްމަދު އަޙްމަދު ނިޔާވެއްޖެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމު އަދާކުރެއްވި މުޙައްމަދު އަޙްމަދު ނިޔާވީ ޢުމުރުން 72 އަހަރުގައެވެ.

މުޙައްމަދު އަޙްމަދު ވަނީ އިމިގުރޭޝަން ޑިޕާޓުމަންޓާއި, އައިޖީއެމްއެޗުގެ ހިންގުމާ ހަވާލުވެވަޑައިގެން ޚިދުމަތް ކުރައްވައިފައެވެ.

Advertisement
Allied Insurance — Square (box)

އޭނާގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

މުޙައްމަދު އަޙްމަދު ނިޔާވުމާ ގުޅިގެން ފޮރިން މިނިސްޓަރު ޝާހިދު ވަނީ ރާއްޖޭގެ ޚާރިޖީ ދާއިރާއަށް މުޙައްމަދު އަޙްމަދު ކުރެއްވި ޚިދުމަތްތައް ފާހަގަކުރައްވައި, އޭނާގެ ޢާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް