ދުނިޔެ

ޓައިވާނަށް ބިންހެލުމެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
In this photo provided by Hualien City Government, firefighters are seen at a collapsed building during a rescue operation following an earthquake in Yuli township, Hualien County, eastern Taiwan, Sunday, Sept. 18, 2022. A strong earthquake shook much of Taiwan on Sunday, toppling at least one building and trapping two people inside and knocking part of a passenger train off its tracks at a station.(Hualien City Government via AP)

ޓައިވާނުގެ އައްސޭރިފަށަށް އައި ބާރުގަދަ ބިންހެލުމަކާއެކު ސުނާމީގެ އިންޒާރު ދީފިއެވެ.

Ads by Sosun Fihaara

ރިޕޯޓުތައް ބުނާ ގޮތުން ބިންހެލުން އައިސްފައިވަނީ ޓައިވާންގެ އައްސޭރިފަށުގެ ސަރަޙައްދަކަށެވެ. އެއީ 7.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއްކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓައިވާނުގެ ނޫސްތަކާ ޙަވާލާދީ ބައިނަލްއަޤްވާމީ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި މި ބިންހެލުމާއި ގުޅިގެން އެ ސަރަޙައްދުގައި އޮންނަ ޖަޕާނުގެ މިޔަކޮޖިމާ އައިލެންޑްސްއަަށް މިހާރު ވަނީ ސުނާމީގެ އިންޒާރު ދީފައެވެ.

ހޮނިހިރު ދުވަހު ވެސް ޓައިވާނުގެ ދެކުނު އިރުމަތީ ސަރަޙައްދަކަށް 6.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވެއެވެ.

ޓައިވާނުގެ އައްސޭރިފަށުގެ ސަރަޙައްދަށް ދޭތެރެ ދޭތެރެއިން ބިންހެލުން އާދެއެވެ. ސަބަބަކީ އެ ސަރަޙައްދަކީ ކަނޑުއަޑީގެ ދެ ޓެކްޓޯނިކް ޕްލޭޓް ގުޅިފައިވާ ދިމާލުގައި އޮންނަ ސަރަޙައްދަކަށްވާތީއެވެ. އެ ސަރަޙައްދަށް ބިންހެލުންތައް އައިކަމުގައިވީނަމަވެސް، ސުނާމީގެ އިންޒާރު ނެރެނީ 7.0 ގެ މެގްނިޓިއުޑަށްވުރެ ބިންހެލުމުގެ ބާރުގަދަވުމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!