Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

ޗައިނާއިން މާލޭ ސިޓީ ކައުންސިލަށް 3000 މަގު ބައްތި ހަދިޔާކޮށްފި

ޗައިނާއިން މާލޭ ސިޓީ ކައުންސިލަށް 3000 މަގު ބައްތި ހަދިޔާކޮށްފި

ޗައިނާއިން މާލޭ ސިޓީ ކައުންސިލަށް 3000 މަގު ބައްތި ހަދިޔާކޮށްފިއެވެ.

ޗައިނާ އެމްބަސީގެ ފަރާތުން އެ ތަކެތި ހަދިޔާކުރީ މާލޭ ސިޓީ ކައުންސިލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކައިގައި ވަނީ, މާލޭގެ ޢުމްރާނީ ތަރައްޤީއަށާއި, ރައްޔިތުންގެ ދިރިއުޅުމުގެ ކުރިއެރުމަށް ޗައިނާއިން އަބަދުވެސް ދީލަތި އެހީތެރިކަން ފޯރުކޮށްދެއްވާކަން ފާހަގަކުރައްވައި ޗައިނާ ސަރުކާރަށް ޝުކުރު އަދާ ކުރައްވައިފައެވެ.

Advertisement
Allied Insurance — Square (box)

އަދި ޗައިނާއަކީ ރާއްޖޭގެ ތަރައްޤީއަށް ހަމަހަމަކަމާއި, އިޙުތިރާމުގެ ނުގުޑާ އަސާސެއްގެ މައްޗަށް ބިނާވެފައިވާ ގޮތަށް ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ބައިވެރިޔާކަން ވެސް ޑރ.މުޢިއްޒު ފާހަގަކުރެއްވިއެވެ.

އެ ރަސްމިއްޔާތުގައި ޗައިނާ ސަފީރު ވިދާޅުވީ ރާއްޖެއާއި ޗައިނާއަކީ އަބަދުވެސް ވަރަށް ގާތް ދެ ޤައުމު ކަމަށާއި, ޗައިނާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް