ޚަބަރު

ޑޮކްޓަރު ޢަބްދުﷲ ވަޙީދު އަވަހާރަވެއްޖެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ އިސް މަޤާމުތަކެއް ފުރުއްވި ހެންވޭރު ފަޅަގަޑިގޭ ޑޮކްޓަރު ޢަބްދުﷲ ވަޙީދު އަވަހާރަވެއްޖެއެވެ.

Ads by STELCO

އައިޖީއެމްއެޗުގައި ނިއުމޯނިއާގެ އާލަސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ޑރ.ވަޙީދު އަވަހާރަވީ މިއަދުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 65 އަހަރެވެ.

ޑރ.ވަޙީދު ފުރަތަމަ މަސައްކަތް ކުރެއްވީ މެޑިކަލް ޑޮކްޓަރެއްގެ ގޮތުގައެވެ. ނަމަވެސް ސްޓްރޯކެއް ޖެހިވަޑައިގަތް ފަހުން މެޑިކަލް ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ނުކުރައްވައެވެ.

ޑރ.ވަޙީދު ވަނީ ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމު އަދާކުރައްވައިފައެވެ.

މީގެ އިތުރުން ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ކަމުގެ މަޤާމު ވެސް ފުރުއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!