ޚަބަރު އިޖުތިމާޢީ

ފުލުހުންނަށް އިންޒާރުދިން މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އައްޑޫ ހިތަދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް.. ފޮޓޯ/ޓައިމްސް އޮފް އައްޑޫ

ފުލުހުންނަށް އިންޒާރުދިން މައްސަލައެއްގައި އައްޑޫ ސިޓީން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

Ads by STELCO

ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫގައި އިިއްޔެ ލައިިސަންސް ނެތި ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯ ކުރުމުން ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ, ރޯކޮށްލާނެކަމަށް ބުނެ އިންޒާރުދިން މައްސަލައެއްގައިި ދެ މީހަކު ހައްޔަރުކޮށްފައިިވާ ކަމަށެވެ.

އެއީ 21 އަހަރުގެ މީހަކާއި, 22 އަހަރުގެ ދެ ފިރިހެނުންކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ އިތުރަށް ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންނަށް އަނިޔާކޮށް, އިންޒާރުދޭ މައްސަލަތައް އިތުރުވަމުން އަންނައިރު, ދާދިފަހުން މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ, މީހަކު ވަނީ ފުލުހަކަށް މަރުގެ އިންޒާރުދީފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!