ޚަބަރު ވިޔަފާރި

މާންދޫން މަހުގެ އަގުދަށްކޮށް, މަސްކިރާވަރު ލިމިޓްކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަހުގެ އަގު ދަށްކޮށް, މަސް ކިރާވަރު ލިމިޓްކޮށްފިއެވެ.

Ads by Sosun Fihaara

ހޮރައިޒޯން ފިޝަރީޒްގެ ދަށުން ހިންގަމުން އަންނަ މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއިން މިއަދު ބުނީ މަސްކިރުން ކޮންޓްރޯލް ކުރަން ނިންމީ މި ދުވަސްވަރު މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށްވާތީ ގިނަ ދޯނިފަހަރަށް މަސްކިރުވުމަށް ފުުރުސަތުދިނުމަށް ކަމަށެވެ. އެކަމަކު މަސް ލިބޭ ނިސްބަތުން ދުވަހުން ދުވަހަށް މި އަދަދު ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ލިމިޓާ އެއްގޮތަށް ދަށްކުރި އަގުތަކުގައި މަސްކިރާނީ މާދަމާއިން ފެށިގެންނެވެ. ދޯންޏަކަށް 12 ޓަނު މަހެވެ.

މާދަމާއިން ފެށިގެން މަސް ގަންނާނެ އަގުތައް:

1.5 ކިލޯއިން މަތީގެ ފިނިކުރި މަސް: ކިލޯއެއް 15.50 ރ.

1.5 ކިލޯއިން ދަށުގެ ފިނިކުރި މަސް: ކިލޯއެއް 7.50 ރ.

1.5 ކިލޯއިން މަތީގެ ފިނިނުކުރާ މަސް: ކިލޯއެއް 13.50 ރ.

1.5 ކިލޯއިން ދަށުގެ ފިނިނުކުރާ މަސް: ކިލޯއެއް 5.50 ރ.

ކުރީގެ އަގުތައް:

1.5 ކިލޯއިން މަތީގެ ފިނިކުރި މަސް: ކިލޯއެއް 17 ރ.

1.5 ކިލޯއިން ދަށުގެ ފިނިކުރި މަސް: ކިލޯއެއް 9 ރ.

1.5 ކިލޯއިން މަތީގެ ފިނިނުކުރާ މަސް: ކިލޯއެއް 15 ރ.

1.5 ކިލޯއިން ދަށުގެ ފިނިނުކުރާ މަސް: ކިލޯއެއް 6 ރ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!