Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ނަންބަރު ބޯޑު, ގަވާއިިދަށް ނުފައްތާނަމަ ފިޔަވަޅު އަޅަނީ

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ނަންބަރު ބޯޑު, ގަވާއިިދަށް ނުފައްތާނަމަ ފިޔަވަޅު އަޅަނީ

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު, ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑާއި އެއްގޮތަށް ނުބަހައްޓާނަމަ ފިޔަވަޅު އަޅާނެކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މި މަހުގެ 19 ވަނަ ދުވަހު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ވަނީ, އެއްގަމުގައި ދުއްވާ އިންޖީނުލީ ބައެއް އުޅަނދުތަކުގައި ހަރުކޮށްފައި ހުންނަ ނަންބަރު ބޯޑު ހަދާފައި ހުންނަނީ ''އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު'' ގައި ވާ ގޮތަށް ނޫންކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައެވެ.

''ވީމާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު ދެންނެވުނު ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑާއި އެއްގޮތަށް ބޭނުން ކުރުމަށް ޢާންމުކޮށް އަންގާ އިއުލާން ކުރަމެވެ.'' މިނިސްޓްރީން ކުރި އިއުލާނުގައި އަންގާފައި ވެއެވެ.

Advertisement
Allied — Dhen Online (box)

މިނިސްޓްރީން އެ ގޮތަށް އަންގާފައިވާއިރު, ގަވާއިދުގައިވާ ގޮތުގެ މަތިން ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

''އޮކްޓޯބަރު 1 ވަނަ ދުވަހާ ހަމައަށް ނަންބަރު ބޯޑުގައި ރަނގަޅު ކުރަން ހުރި ކަންކަމާ ގުޅޭގޮތުން ފުލުހުން ނަސޭހަތްތެރި ވަމުންދާނެއެވެ. އަދި އޮކްޓޯބަރު 1 ވަނަ ދުވަހު ފެށިގެން ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާ މެދު ގަވާއިދުން ފިޔަވަޅު އަޅަމުންދާނެއެވެ.'' ފުލުހުން ބުންޏެވެ.

<strong>''އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު'' ވާ ގޮތް:</strong>

ރަޖިސްޓްރީކޮށްފައި ހުންނަ އުޅަނދުގައި ނަންބަރު ޖަހާއިރު، ނަންބަރު ބޯޑުގެ އަކުރުތައް ހުންނަންވާނީ "އޭރިއަލް ބޯލްޑް" ފޮންޓުން.

ނަންބަރު ބޯޑުގެ އަކުތަކުގެ ސައިޒު ހުންނަންވާނީ އެނެކްސް 03 ގައި ފާހަގަކޮށްފައިވާ ގޮތަށް.

ނަންބަރު ބޯޑު ހަރުކުރުމަށް ޖަހާފައިހުންނަ އިސްކުރު އެއް ސެންޓިމީޓަރަށްވުރެ ދިގުކޮށް ރަޖިސްޓްރީ ނަންބަރު ބޯޑުގެ ބޭރަށް ނުކުމެފައި ހުރުމަކީ މަނާކަމެއް.

ނަންބަރު ބޯޑުގައި ހުންނަ އަކުރުތައް ވަކިން ކަނޑައި ނަގައިގެން ބޭނުންކުރުމަކީ މަނާކަމެއް.

އަކުރުތައް އެއް މިލިމީޓަރަށްވުރެ އުސްކޮށް އުފުލިފައި ހުންނަ ގޮތަށް ހަދައިގެން ބޭނުންކުރުމަކީ މަނާކަމެއް.

ވިޔަފާރި އުސޫލުން ބޭނުންކުރާ އުޅަނދުގެ ނަންބަރު ބޯޑު ހުންނަންވާނީ ރީނދޫ ކުލައިގެ ބޯޑެއްގައި ކަޅުކުލައިގެ އަކުރުން.

ކޮންސިއުލަރ މިޝަންތަކުގައި ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަންވާނީ ނޫ ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައި.

އިތުރު އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަންވާނީ ކަޅުކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައި.

ދިއްލޭ ކުލަކުލައިން ނަންބަރު ބޯޑު ހަދައިގެން ބޭނުންކުރުމަކީ މަނާކަމެއް.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް