Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

އަލްޒައިމާސް ދުވަސް ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯގެ ޢިމާރާތް ދިއްލައިލަނީ

އަލްޒައިމާސް ދުވަސް ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯގެ ޢިމާރާތް ދިއްލައިލަނީ
ބައިނަލްއަގުވާމީ އަލްޒައިމާސް ދުވަސް ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯގެ ޢިމާރާތް ދިއްލައިލަން ނިންމައިފިއެވެ. ދުނިޔޭގައި މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އަލްޒައިމާސް ނުވަތަ ހަނދާންނެތޭ ބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯގެ ޢިމާރާތް ދިއްލައިލާނީ ދަނބުކުލައިންނެވެ. އެ ކުލައަކީ މި ބަލީގެ ރަމްޒެއްގެ ގޮތުގައި ބޭނުންކުރާ ކުލައެވެ. އަލްޒައިމާސް ސޮސަައިޓީ އޮފް މޯލްޑިވްސްގެ ފައުންޑަރު މަރްޔަމް ފިޔާޒާ ވިދާޅުވި ގޮތުގައި ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް ހުންނަ ސްޓެލްކޯ ބޮޑު ސްކްރީނުގައި މި ބައްޔާމެދު ހޭލުންތެރިކުރުމުގެ ޕޯސްޓަރުތައް ދައްކަމުންދާނެއެވެ. މީގެ އިތުރުން މި ބައްޔާމެދު ޢާންމުން ހޭލުންތެރިކުރުމަށް ސޯޝަލްމީޑިއާގެ ޒަރީޢާއިން ބަލީގެ އަލާމާތްތަކާ ގުޅޭ ޕޯސްޓަރުތައް ޢާންމުކުރުން ހިމެނެއެވެ. އަދި މި މަހަކީ ޑިމެންޝިޔާ މަސްކަމުގައިވާތީ ޑިމެންޝިޔާއާއި އަލްޒައިމާއާގުޅޭ މަޢުލޫމާތު ޢާންމުންނަށް ފޯރުކޮށްދިނުން ހިމެނެއެވެ. ޑރ.މުޙައްމަދު ޢަލީ ވިދާޅުވީ އަލްޒައިމާސްއަކީ ޑިމެންޝިޔާގެ އެންމެ ޢާންމު ވައްތަރު ކަމަށެވެ. ޑިމެންޝިޔާއަކީ ވިސްނުމަށާއި, ހަނދާންކުރުމަށާއި, އަދި ޢާންމު ދިރިއުޅުމުގައި ގޮތް ނިންމުމަށް ދަތިވާ ދަތިވުންތަކަށް ޢިޝާރަތްކޮށް ބޭނުންކުރާ ލަފުޒެއްކަމަށް އޭނާ ވިދާޅުވިއެވެ. ''ޑިމެންޝިޔާގެ ބައިވަރު ވައްތަރުތައް ހުރޭ. ޑިމެންޝިޔާއަށް މަގުފަހިވާ ވަރަށް ގިނަ އަލާމަތްތަކެއް އެބަހުރި.'' ޑރ.މުޙައްމަދު ޢަލީ ވިދާޅުވިއެވެ. ޑރ.މުޙައްމަދު ޢަލީ ވިދާޅުވި އަލާމަތްތައް: ހަނދާން ނެތުމުގެ ސަބަބުން އާދަވެ ކުރާ ކަންތައްތަކަށް ނޭދެވޭ އަސަރުކުރުން. ކަންކަން ރޭވުމަށާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވުން. ފަރިތަކަމާއެކު ކޮށް އުޅުނު ކަންތައްތައް ކުރަން ދަތިވުން. ވަގުތުތަކާއި ތަންތަން އޮޅުން އެރުން. ފެންނަ މަންޒަރުތައް ސިފަކުރުމަށާއި, ދުރު ގާތް ވަޒަންކުރަން ދަތިވުން. މުޢާމަލާތްކޮށް އުޅުމަށް ދަތިވުން. ގެންގުޅޭ ތަކެތި ބެހެއްޓޭ ތަންތަން ހަނދާން ނެތުން. ރަނގަޅު ގޮތް ނޫން ބަލިކަށި ނިންމުންތައް ނިންމުން. ކުރާ މަސައްކަތާއި ނުވަތަ އިޖުތިމާޢީ ކަންކަމާ ދުރުހެލިވުން.

https://twitter.com/AlzheimersSocMv/status/1572448720343699456?t=QfNJJXxXCF4S9j14P8ueiA&s=19

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް