Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

އަވައްޓެރި ފުލުހުންގެ ހަފުތާ: ވަރަށް ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

އަވައްޓެރި ފުލުހުންގެ ހަފުތާ: ވަރަށް ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

ދިވެހި ފުލުުހުންގެ ޚިދުމަތަށް 18 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން އެއް ހަފުތާއަށް ކުރިއަށްދާ ''އަވަށްޓެރި ފުލުހުންގެ'' ހަރަކާތްތަކުގެ ތެރެއިން ވަރަށް ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.

ފުލުހުން މިއަދު ބުނީ ތަފާތު ކުޅިވަރުތަކާއެކު ބާއްވާ ވަރަށް ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވާނީ މި މަހުގެ 24 ވަނަ ދުވަހުގެ ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކްގައި ކަމަށެވެ. އެ ހަރަކާތް ކުރިއަށްދާނީ އެ ދުވަހުގެ 16:00 އިން 18:00 އަށެވެ.

އަވަށްޓެރި ފުލުހުންގެ ހަފްތާގެ ހަރަކާތްތަކުގެ ތެރޭގައި ފުލުހުން ވަނީ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ނޭޝަނަލް ތެލެސީމިއާ ސެންޓަރުގައި ކުރިއަށް ގެންގޮސްފައެވެ.

Advertisement
Ooredoo — Square (box)

އަދި "ހައުސް ވިޒިޓް" ހަރަކާތުގެ ތެރެއިން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ގިނަ މަޢުލޫމާތުތަކެއް ހިއްސާކޮށްފައިވެއެވެ. އޭގެތެރޭގައި މުޖުތަމަޢުގައި ހިނގާ ކުށްތަކާ ގުޅޭ މަޢުލޫމާތާއި, މަކަރާއި ހީލަތުގެ މައްސަލަތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށް, ރައްޔިތުން ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން ފުލުހުންގެ އިސްވެރިން އިއްޔެ ވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވެސް ޒިޔާރަތް ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް