ޚަބަރު ޝަރުޢީ ދާއިރާ

އަންހެނަކާއި ކުޑަކުއްޖަކަށް އަދި ފުލުހުންނަށް އަނިޔާކުރި ފިރިހެނަކު ހައްޔަރުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ތޮއްޑޫގެ ނަން ބޯޑު. ފޮޓޯ: މުއާޒް

އއ.ތޮއްޑޫގައި އަންހެނަކާއި އޭނާގެ ދަރިފުޅަށް ގެވެށި އަނިޔާކުރި މައްސަލައެއްގައި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

Ads by STELCO

ފުލުހުން ބުނީ ތޮއްޑޫގައި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ކޯޓުން އަންހެން މީހާގެ ރައްކާތެރިކަމުގެ އަމުރެއްނެރެ, އެ އަންހެންމީހާ ދިރިއުޅޭ ގެއިން ފިރިހެން މީހާ ނުކުތުމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ފިރިހެންމީހާ އެކަމަށް އިންކާރުކޮށް, އެ ގޭގައި ދިރިއުޅޭ ކުޑަކުއްޖަކަށް އަނިޔާކޮށްފައިވާކަމުގެ މަޢުލޫމާތު ލިބުނީ ރޭ މެންދަމު 2:00 ހާއިރު ކަމަށެވެ.

އެ މަޢުލޫމާތު ލިބުމުން ފުލުހުން އެ ގެއަށް ދިއުމުން ފިރިހެން މީހާ ފުލުހުންނަށް ވެސް ހަމަލާދީ މާރާމާރީ ހިންގައި އިންޒާރު ދީފައިވާ ކަމަށާއި, މާރާމާރީ ހިންގުމުގެ ސަބަބުން ފުލުހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ހައްޔަރުކުރީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ އަނިޔާކުރީ ދެ އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށް މަޢުލޫމާތު ލިބެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!