Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ދީނީ ކަންކަމަށް މިހާ ފަރުވާކުޑަވުމުގެ ސަބަބަކީ ޢަދާލަތަށް އިސްލާމިކް މިނިސްޓްރީގެ ސްލޮޓް ދީފަ އޮތުން: ޝިޔާމް

ދީނީ ކަންކަމަށް މިހާ ފަރުވާކުޑަވުމުގެ ސަބަބަކީ ޢަދާލަތަށް އިސްލާމިކް މިނިސްޓްރީގެ ސްލޮޓް ދީފަ އޮތުން: ޝިޔާމް

ސަރުކާރުން ދީނީ ކަންކަމަށް މިހާ ފަރުވާކުޑަވެގެން މި އުޅެނީ ޢަދާލަތު ޕާޓީއަށް އިސްލާމިކް މިނިސްޓްރީގެ ސްލޮޓް ދީފައިވާތީކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ފަތުވާ މަޖިލިސް އެކުލަވައި ނުލާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ރައްޔިތުން މަޖިލީހުގައި އިއްޔެ ދެއްކެވި ވާހަކައިގައި ޝިޔާމް ވިދާޅުވީ ސަރުކާރުން ދީނީ ކަންކަމަށް މިހާ ފަރުވާކުޑަވެގެން މި އުޅެނީ ޢަދާލަތު ޕާޓީއަށް އިސްލާމިކް މިނިސްޓްރީގެ ސްލޮޓް އޮންނާތީކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ޝިޔާމް ވިދާޅުވީ އެ ޕާޓީގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި އަދި އިސްލާމްދީނުގެ ޙައްޤުގައި މަސައްކަތްކުރާނެ ވާހަކަ
އޮތަސް އެ ބޭފުޅުންގެ ޢަމަލުތައް އެއާ ޚިލާފު ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

''ވަކިން ޚާއްސަކޮށް އެ ޕާޓީގެ ރައީސް، ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ މިއަދުގެ މި ސަރުކާރުގެ ހޯމް މިނިސްޓަރުގެ ޢަމަލުތައް އެ ހުންނަނީ އެ ޕާޓީގެ ލިޔެވިފައި އޮތް އަސާސީ
ގަވާއިދާ އެއްގޮތަށް ނޫންކަން އަޅުގަނޑުމެން އެންމެނަށް އެނގޭ''

ދާދިފަހުން ޢަދާލަތުގެ ރައީސް އިމްރާން ވިދާޅުވެފައިވަނީ ވޭތުވެދިޔަ ތިން އަހަރާ ބަޔަށް ބެލިޔަސް ނުވަތަ 2005 އިން ފެށިގެން މިހާތަނަށް ބެލިޔަސް ޢަދާލަތުގެ ޢިލްމުވެރިންނަށްވުރެ ދީނަށް ޚިދުމަތްކުރި ޕާޓީއެއް ނުވަތަ ޖަމާޢަތެއް މި ރާއްޖެއަކު ނެތްކަމަށާއި, ބަަޔަކަށް ގަބޫލުކުރެވުނަސް ނުކުރެވުނަސް މިއީ ހަގީގަތް ކަމަށެވެ. އަދި އިސްލާމްދީނުގެ ފުރިހަމަ މަފުހޫމުގައި ސިޔާސީ މަސައްކަތުގައި ޢަދާލަތު ދާނީ ބާރަށް ކުރިއަށް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް