Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

މުދަލު ޒަކާތުގެ ނިޞާބު ބަދަލުވެއްޖެ

މުދަލު ޒަކާތުގެ ނިޞާބު ބަދަލުވެއްޖެ

މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިޞާބަކީ 5777.45 ރުފިޔާކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނަކަށްވީ ހިނދު, އެ މީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ, އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރުވުމުން ޝަރްޢީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސް ބައިކުޅަ އެއްބައި (%2.5 ) ނެރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

ޒަކާތް ނެރުން ވާޖިބުވާނީ ފަސް ބާވަތެއްގެ މުދަލުންނެވެ. އޭގެތެރޭގައި ހިމެނެނީ ރަނާއި ރިއްސާއި ފައިސާއާއި, ބިމުން ނެގޭ މަޢުދަންތަކާއި ރިކާޒާއި, ވިޔަފާރި މުދަލާއި, ގޮވާމާއި މޭވާގެތެރޭގައި ހިމެނޭ ގިނަ ދުވަހު ހަލާކުނުވެ ހުންނަ ތަކެއްޗާއި, ގެރިއާއި ބަކަރިއާއި ޖަމަލެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް