ދެން އަޅުގަނޑު ހަވާލުވާން އޮތް މަޤާމަކީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު: ނާޒިމް

ދެން އޭނާ ހަވާލުވެވެވަޑައިގަންނަވަން އޮޮތް މަޤާމަކީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ''ފަށާއިރު'' ޕްރޮގްރާމުގައި ދެއްކެވި ވާހަކައިގައި ނާޒިމް ވިދާޅުވީ ރިޔާސީ އިިންތިޚާބަށް ނުކުމެވަޑައިގަންނަވަން ޝައުގުވެރިކަން އެބަހުރި ކަމަށެވެ. އެހެން ނަމަވެސް ޕާޓީން ރިޔާސީ އިންތިޚާބަށް ނުކުތުމުގެ ކުރިން ޕްރައިމަރީއެއް ބާއްވަންޖެހޭކަން ނާޒިމް ފާހަގަކުރެއްވިއެވެ.
''އަޅުގަނޑުމެންގެ ޕާޓީގެ ސިޔާސަތުތައް ބުނަނީ އިންތިޚާބެއް ބާއްވަން. އިންތިޚާބަށް ކެންޑިޑޭޓަކު ހޮވުމަށްޓަކައި ޕްރައިމަރީއެއް އެބަ ބާއްވަންޖެހެއޭ. އެހެންވީމަ އަޅުގަނޑު އެއަށް ކުރިމަތިލާނަން.'' ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ނާޒިމް ވިދާޅުވިއެވެ.
[caption id="attachment_134305" align="alignnone" width="300"]<img class="size-medium wp-image-134305" src="https://cdn.dhen.mv/wp-content/uploads/2022/01/mnp-nAzim-300x200.jpeg" alt="" width="300" height="200" /> އެމްއެންޕީގެ ޖަލްސާއެއްގައި ނާޒިމް ވާހަކަ ދައްކަވަނީ.[/caption]
ނާޒިމް ވިދާޅުވީ އޭނާއަށް ޤައުމަށް ކުރެއްވެވުނު ޚިދުމަތްތައް ވަރަށް ގިނަ ކަމަށާއި, އެ ޚިދުމަތްތަކަށް ބަލާއިރުގައި ދެން އޭނާ ހަވާލުވެވެވަޑައިގަންނަވަން އޮޮތް މަޤާމަކީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ކަމަށެވެ.
''އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ރާއްޖޭގަ ވެރިކަން ކުރަން ހަމައެކަނި ވަކި ބަޔަކަށް އޮތްކަމެއް ނޫން އެއްގޮތަކަށް ވެސް. އަޅުގަނޑަށް މިހާތަނަށް ޤައުމަށް ކުރެވިފަ ހުރި ޚިދުމަތަށް ބަލާއިރުގަ އަޅުގަނޑަށް ގަބޫލުކުރެވޭ ދެން އަޅުގަނޑު ހަވާލުވާން އޮތް މަޤާމަކީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމޭ. އެއީ އަޅުގަނޑަށް މިހާތަނަށް އެވަރަށް ޚިދުމަތް ކުރެވިއްޖެ.''
ނާޒިމް ވިދާޅުވީ ރައްޔިތުންނާ ހަމައަށް ވަޑައިގަންނަވާނެ ކަމަށާއި, ރައްޔިތުން ވޯޓު ދީފިއްޔާ އެކަން ކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ.






ކޮމެންޓް