ޚަބަރު ޝަރުޢީ ދާއިރާ

އަންހެނަކާއި ކުޑަކުއްޖަކަށް އަނިޔާކޮށް, ފުުލުހަކަށް ހަމަލާދިން މީހާގެ ބަންދަށް 10 ދުވަސް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އއ.ތޮއްޑޫގައި އަންހެނަކާއި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއްގައި ހައްޔަރުކުރި ފިރިހެންމީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

Ads by STELCO

ފުލުހުން އިއްޔެ ބުނީ ތޮއްޑޫގައި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ކޯޓުން އަންހެން މީހާގެ ރައްކާތެރިކަމުގެ އަމުރެއްނެރެ, އެ އަންހެންމީހާ ދިރިއުޅޭ ގެއިން ފިރިހެން މީހާ ނުކުތުމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ފިރިހެންމީހާ އެކަމަށް އިންކާރުކޮށް, އެ ގޭގައި ދިރިއުޅޭ ކުޑަކުއްޖަކަށް ވެސް އަނިޔާކޮށްފައިވާ ކަމަށެވެ.

އެ ގޮތުން ފުލުހުން އެ ގެއަށް ދިއުމުން ފިރިހެން މީހާ ފުލުހުންނަށް ވެސް ހަމަލާދީ މާރާމާރީ ހިންގައި އިންޒާރު ދީފައިވާ ކަމަށާއި, މާރާމާރީ ހިންގުމުގެ ސަބަބުން ފުލުހަކަށް އަނިޔާވެފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ 37 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދާމެދު ގޮތެއް ނިންމަން ތޮއްޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މައްސަލަ ތަޙްޤީޤުކުރަމުން އަންނަ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!