ސަރުކާރުން ގެންނަމުން މިދަނީ މީގެކުރިން ނުގެނެވޭފަދަ ބޮޑު އަދި ވަށާޖެހޭ ތަރައްޤީއެއް: އަމީރު
ސަރުކާރުން ގެންނަމުން މިދަނީ މީގެ ކުރިން ނުގެނެވޭފަދަ ބޮޑު އަދި ވަށާޖެހޭ ތަރައްޤީއެއް ކަމަށާއި, އެ ގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީގެ ބޮޑު މަޝްރޫއަކީ މުޅި ރާއްޖޭގެ އިޤްތިސާދަށް އިންޤިލާބީ ބަދަލެއް ގެންނާނެ މަޝްރޫއެއްކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިއަދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ތަރައްޤީގެ ބޮޑު މަޝްރޫއަކީ ބޮޑު ތިލަދުންމަތީގެ އިތުރުން, މުޅި ރާއްޖޭގެ އިޤްތިސާދަށް އިންޤިލާބީ ބަދަލެއް ގެންނާނެ މަޝްރޫއެއް ކަމަށެވެ. އަދި މިއީ މާލެއިން ބޭރު ސަރަހައްދެއްގައި ރާއްޖޭގެ ތާރީޚުގައި ވެސް ކުރެވޭ އެންމެ ބޮޑު އެއް އިންވެސްޓްމެންޓުކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން އަމީރު ވިދާޅުވީ ދުނިޔޭގެ އިޤުތިސާދަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއެކު ވެސް, މި ސަރުކާރުން ރާއްޖޭގެ އެކި ރަށްތަކުގައި, އެކި ދާއިރާތަކުން ތަރައްޤީ ގެންނަމުންދާ ކަމަށެވެ. އަދި އެއީ މީގެ ކުރިން ގެނެވިފައިނުވާވަރުގެ ބޮޑު އަދި ވަށާޖެހޭ ތަރައްޤީއެއްކަމަށް އޭނާ ސިފަކުރެއްވިއެވެ.
''ފެންނަން ހުރި ހަޤީޤަތަކީ, ދުނިޔޭގެ އިޤްތިސާދަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއެކު ވެސް, މި ސަރުކާރުން ރާއްޖޭގެ އެކި ރަށްތަކުގައ އެކި ދާއިރާތަކުން ގެންނަމުންދާ ތަރައްޤީއަކީ, މީގެ ކުރީގެ އެއްވެސް އަހަރުތަކަކަށް ވުރެ ބޮޑު އަދި ވަށާޖެހޭ ތަރައްޤީއެއް.''
އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހިންގަން ހަމަޖެހިފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގައި މާދަމާ ރޭ ސޮއިކުރާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 21:00 ގައި މީރުމާ އިވެންޓު ހޯލުގައި ބާއްވާ ރަސްމިއްޔާތެއްގައެވެ.
136.6 މިލިއަން ޑޮލަރަށް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.46 ކިލޯ މީޓަރުގެ އާ ރަންވޭއަކާއި, އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރުގެ ޒަމާނީ އާ ޓާމިނަލެއް ހަދާނެއެވެ. އޭގެ އިތުރުން ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރަން އިތުރު ވަސީލަތްތައް ގާއިމުކުރަން ހަމަޖެހިފައިވެއެވެ.
ސަރުކާރުން ބުނާ ގޮތުން މި އަހަރު ފަހުކޮޅު އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށޭނެއެވެ. އަދި 2024 ގައި އެ މަޝްރޫޢު ނިމި ޚިދުމަތްދޭން ފެށޭނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ކި……. މީގެ އެންމަސް ކުރިންވެސް ބަޔަކާ ހަވާލު ކުރި…ކިހިނެއް ތިޔަ ހަދަނީ
އިގިރޭސިން ރާއްޖެ އަލުން އިސްތިއުމާރު ކުރަން އުފެއްދީ އެމްޑީޕީ ކިޔާ ބައިގަޑެއް މައުމޫނާއި ދެކޮޅަށް މުޅި ޔޫރަޕްގައި ކެމްޕޭން ޖައްސާފަ 2008 ގައި ބޭއްވުނު އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ވުމާއިއެކު ދިވެހިރާއްޖެ އަލުން އިސްތިއުމާރުކޮށް އީސްޓް އިންޑިޔާ ކޮމްޕެނީގެ އެހީއާއި އެކު ރާއްޖޭގައި އެކި މަޝްރޫއު ފަށާފައިވޭއައްޑޫއަތޮޅު އިގިރޭސިިއިންޑިޔާއަށް ދީފައިވަނީ އަދި ހަނިމާދޫވެސްއް! މުޅި ޤައުމު މިވަނީ ފަޤީރު ކަމުގެ އަޅުދާސްގައި ޖެހިފައި ! 2013 ގެ ބޭއްވުނު އިންތިހާބުގައި ޗައިނާގެ މަދަދާއިއެކު ކާމިޔާބް ކުރި ޕީޕީއެމް ވަނީ މެދުރާއްޖެ ޗައިނާ ތަރައްޤީ ކިރާ މަޝްރޫއު ހިންގަންދީ ޗައިނާއިން ބޮޑެތި ލޯން ނަގާފައިވޭ !
ވަށާ ޖެހޭލެއް ބޮޑުކަމުން މާލެއާ ވިލިނގިލި ދެމެދު ބުރިޖް އޮތީ ވަށާޖެހި ކޮލުވެސްލާފަ