ޚަބަރު ސިޔާސީ

ނާޒިމްގެ ތަޢުރީފު ނަޝީދަށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު, މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ޤައުމީ ޖަލްސާ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުން ދޭހަވަނީ, މަލްޓި ޕާޓީ ޑިމޮކްރަސީ ކުރިއެރުވުމަށްޓަކައި އެ މަނިކުފާނު ދެއްވާ އަހައްމިއްޔަތުކަން ކަމަށް ވިދާޅުވެ އެމްއެންޕީގެ ރައީސް ރައީސް ކާނަލް ރިިޓަޔާޑް މުޙައްމަދު ނާޒިމް, ރައީސް ނަޝީދަށް ތަޢުރީފުކުރައްވައިފިއެވެ.

Ads by STELCO

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ޤައުމީ ޖަލްސާ "ދަ ނެޝަނަލްސް ކޮންވެންޝަން 2022" ނިންމުމުގެ ރަސްމިއްޔާތު ބޭއްވީ ރޭގައެވެ.

އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައި ނާޒިމް ވަނީ ނަޝީދު އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަކީ ލިބޭ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއްކަމަށް ވިދާޅުވެފައެވެ. އަދި އެކަމަކީ މަލްޓި ޕާޓީ ޑިމޮކްރަސީ ކުރިއެރުވުމަށްޓަކައި އެ މަނިކުފާނު ދެއްވާ އަހައްމިއްޔަތުކަމުގެ ރަމްޒެއްކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

''އަޅުގަނޑު ދެކޭ ގޮތުގައި މިކަމަކީ މަލްޓި ޕާޓީ ޑިމޮކްރަސީ ކުރިއެރުވުމަށްޓަކައި އެ މަނިކުފާނު ދެއްވާ އަހައްމިއްޔަތުގެ ރަމްޒެއް. އެކަމަށްޓަކައި އެ މަނިކުފާނަށް އަޅުގަނޑުމެންގެ ޕާޓީގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.'' ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ރޭގެ ރަަސްމިއްޔާތުގައި ނާޒިމް ވަނީ ރައީސްކަމަށް ކުރިމަތިލައްވާ ވާހަކަ ތަކުރާރުު ކުރައްވައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!