Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

ގެއްލިގެން ހޯދާ އަޛުހާން އެންމެ ފަހުން ފެނުނީ ރެޑްބުލް ދަނޑު ސަރަހައްދުން

ގެއްލިގެން ހޯދާ އަޛުހާން އެންމެ ފަހުން ފެނުނީ ރެޑްބުލް ދަނޑު ސަރަހައްދުން

ހުޅުމާލެ ފޭސް ދެއަކުން ގެއްލިގެން ހޯދަމުންދާ ހ.ބޮނޑިކަނދޮޅުގެ މުޙައްމަދު އަޛުހާން (27އ) އެންމެ ފަހުން ފެނިފައިވަނީ ފޭސް އެކެއްގެ "ރެޑްބުލް ދަނޑު" ސަރަހައްދުކަމަށް ފުލުހުން ބުނެފިއެވެ.

މި މަހުގެ 18 ވަނަ ދުވަހުގެ 06:00 އިން ފެށިގެން އަޛުހާންގެ ޚަބަރެއްނުވެ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 19 ވަނަ ދުވަހުގެރޭ 19:00 ހާއިރުއެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އަޛުހާން އެންމެ ފަހުން ފެނިފައިވާކަމަށް މަޢުލޫމާތު ލިބިފައިވާ ސަރަހައްދުގެ
ސީސީޓީވީ ފުޓޭޖްތައް ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

Advertisement
Allied Insurance — Square (box)

އެ ގޮތުން މިހާތަނަށް ބެލިބެލުމުން އަޛުހާން ވަނީ ހުޅުމާލެ ފޭސް އެކެއްގައި އޭނާ ހުރި ގެސްޓް ހައުސްއިން ކާރެއްގައި ހިޔާ ފްލެޓް 13 ވަނަ ޓަވަރަށް ގޮސް, އެ ޓަވަރަށް އެރުމަށްފަހު ފަތިހު 04:53 ހާއިރު އެ ޓަވަރު ކައިރިން ހުދުކުލައިގެ ޓެކްސީއަކަށް އަރައިގެން ފޭސް އެކެއްގައި އޭނާ ހުރި ގެސްޓް ހައުސް ސަރަހައްދަށް އަނބުރާ ގޮސްފައި ކަމަށެވެ. އަދި އެ ދެ ކާރުގެ ޑްރައިވަރުން މިހާރު ދެނެގަނެވިފައިވާއިރު އެންމެ ފަހުން އަޛުހާން ފެނިފައިވާ ސަރަހައްދުވެސް ދެނެގަނެވިފައިވާ ކަމަށެވެ.

އަޛުހާން އެންމެ ފަހުން ފެނިފައިވާކަމަށް މިހާރު އެނގިފައިވާ ސަރަހައްދަކީ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދު ކަމަށާއި, އަޛުހާން ވައިގެ މަގުން ރާއްޖޭގެ އެހެން އަތޮޅަކަށް އަދި ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިނުވާކަން މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަޛުހާންއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ލަސް ނުކުރައްވައި ހުޅުމާލެ ޕޮލިސް ފޭސް ދޭއް އިންވެސްޓިގޭޝަންގެ ނަންބަރު 9393351 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް