ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އަންނަ ބުރާސްފަތި ދުވަހު ދ.ކުޑަހުވަދުއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ޕީޕީއެމްއިން މިއަދު ބުނީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން މި މަހުގެ 29 ވާ ބުރާސްފަތި ދުވަހު ކުޑަހުވަދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ހާލަތު ބައްލަވައިލައްވާނެ ކަމަށެވެ. އަދި ޕާޓީގެ ހަރަކާތްތައް އެ ރަށުގައި އިތުރުކުރުމާއި ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތްތައް ވެސް ކުރިއަށްދާނެ ކަމަށެވެ.
މީގެ އިތުރުން ބުރާސްފަތި ދުވަހުގެ ރޭ ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ވެސް އޮންނާާނެކަމަށް ޕީޕީއެމްއިން ބުންޏެވެ.
Ads by Allied Insurance