ޚަބަރު ވިޔަފާރި

ކޮވިޑުގައި ކުރި ތަޖުރިބާއިން ޓޫރިޒަމްގައި އެއް މާކެޓަށް ބަރޯސާނުވާން ވިސްނަންޖެހޭ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ކޮވިޑުގައި ކުރި ތަޖުރިބާއިން ޓޫރިޒަމްގައި އެއް މާކެޓަށް ބަރޯސާވުމުގެ ބަދަލުގައި ތަފާތު މާކެޓުތަކަށް ބަރޯސާވާން ވިސްނަންޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ.ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިނިސްޓަރު މިހެން ވިދާޅުވީ އިއްޔެ ފާހަގަކުރި ބައިނަލްއަޤްވާމީ ފަތުުރުވެރިކަމުގެ ދުވަހުގައި ދެއްވި މެސެޖެއްގައެވެ.

ކޮވިޑުގެ ބަލިމަޑުކަމަށްފަހު ދުނިޔޭގެ ފަތުރުވެރިކަން ކުރިއަރަމުން އަންނައިރު ކޮވިޑުން ލިބުނު އިބުރަތުން ވަރަށް ގިނަ ކަންތައްތަކެއް ތަފާތު ގޮތަކަަށް ކުރުމަށް މިއަދު ވިސްނަން ޖެހިފައިވާ ކަމަށެވެ.

އެ ގޮތުން ޓޫރިޒަމްގައި އެއް މާކެޓަކަށް ބަރޯސާވުމުގެ ބަދަލުގައި ތަފާތު މާކެޓުތަކަށް ބަރޯސާވުމަށް ވިސްނަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ޓޫރިޒަމަކީ އެކަމުގައި ޝާމިލްވާ އެންމެން އެއްބާރުލައިގެން މަސައްކަތް ކޮށްގެން ކުރިއެރުވޭނެ އެއްޗެއްކަން ވިސްނަންޖެހޭ ކަމަށެވެ. އަދި ދެމެހެއްޓެނިވި ފަތުރުވެރިކަން ތަރައްޤީކުރުމަށް އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!