Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޓައިވާން ދިފާއު ކުރާނަން: ކަމަލާ

ޓައިވާން ދިފާއު ކުރާނަން: ކަމަލާ

އެމެރިކާގެ ސަރުކާރުން ޓައިވާން ދިފާއުކުރާނެ ކަމަށް އެމެރިކާގެ ސަރުކާރުން ވައުދުވިތާ ދުވަސްތަކެއް ފަހުން ޓައިވާނާއެކު "ނުރަސްމީ ގުޅުންތައް" އިތުރުކުރުމަށް ކުރުމަށް ވައުދުވެވަޑައިގެން، ޕެސިފިކް ކަނޑުގައި ޗައިނާއިން ހިންގި އަމަލުތައް އެމެރިކާގެ ނައިބު ރައީސް ކަމާލާ ހެރިސް ކުއްވެރި ކުރައްވައިފިއެވެ.

ހެރިސް މިހެން ވިދާޅުވީ ޖަޕާނުގެ ވެރިރަށް ޔޮކޯސުކާގައި ހުންނަ ދުނިޔޭގައި ހުރި އެންމެ ބޮޑު ބޭރުގެ އެމެރިކާ ނޭވީގެ އިންސްޓޯލޭޝަނަށް ކުރެއްވި ދަތުރުފުޅެއްގައި އެމެރިކާގެ ސިފައިންނާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

"ޗައިނާ އިން ދަނީ ބައިނަލްއަގްވާމީ ގަވާއިދުތަކަށް ބިނާކޮށް ނެރުނު އަމުރުގެ މުހިންމު ކަންތައްތަކަށް ބުރޫއަރަމުން،" އޭޝިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ދަތުރެއްގެ ތެރެއިން ޖަޕާނުގައި ހުންނަވާ ހެރިސް ވިދާޅވިއެވެ.

Advertisement
HDC — Sidebar (box)

"ޗައިނާ އިން ވަނީ އަވަށްޓެރި ގައުމުތަކަށް މަޖުބޫރުކޮށް ބިރުދައްކައި އަސްކަރީ އަދި އިގްތިސާދީ ބާރުވެރިކަން ދައްކާފައި. އަދި އިރުމަތީ ޗައިނާ ކަނޑާއި ދެކުނު ޗައިނާ ކަނޑުގައި އުނދަގޫތަކެއް ޗައިނާއިން ދަނީ ކުރަމުން، އަދި އެންމެ ފަހުން ޓައިވާން ސްޓްރެއިޓް ހުރަސްކޮށް ހަމަނުޖެހުން އުފައްދަން އުޅޭތަން އަޅުގަނޑުމެންނަށް ފެނިފައިވޭ."

ހެރިސް  މިހެން ވިދާޅުވެފައިވަނީ، ޗައިނާއިން ދައުވާކުރާ ޓައިވާންނަށް، ޗައިނާއިން ހަމަލާދީފިނަމަ އެކަން ދިފާއު ކުރާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ސެޕްޓެމްބަރު 18 ވަނަ ދުވަހު ވިދާޅުވެފައިވަނިކޮށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް