ޚަބަރު

މާފުށީ ޖަލުގައި ޑިއުޓީ ކުރަމުންދިޔަ އޮފިސަރަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޕްރައިވެޓް އާދަމް ނައުޝާދު. ފޮޓޯ: ކަރެކްޝަން

މާފުށީ ޖަލުގައި ޑިއުޓީ ކުރަމުންދިޔަ އޮފިސަރަކު ނިޔާވެއްޖެއެވެ.

Ads by Sosun Fihaara

ކަރެކްޝަނުން ދެންމެ ބުނީ މާފުށީ ޖަލުގައި ޑިއުޓީ ކުރަމުން ދަނިކޮށް ނިޔާވީ ޕްރިޒަން ޕްރައިވެޓް އާދަމް ނައުޝާދު ކަމަށެވެ.

''މާފުށީ ޖަލުގައި މިރޭ ޑިއުޓީ ކުރަމުންދިޔަ ޕްރިޒަން ޕްރައިވެޓް އާދަމް ނައުޝާދަށް ކުއްލިއަކަށް ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން މާފުށީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް ވަނީ ނިޔާވެފައި.'' ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

ނައުޝާދު އެ ސަރވިސްގެ ޚިދުމަތާ ގުޅިވަޑައިގަތީ 2014 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 03 ވަނަ ދުވަހުކަމަށް ކަރެކްޝަނުން ބުންޏެވެ. އެ ގޮތުން ނައުޝާދު ވަނީ މާފުށީ ޖަލުގެ އެކިއެކި ޔުނިޓުތަކުގައި ނުހަނު އިޚްލާސްތެރިކަމާއެކު ޚިދުމަތްކޮށްދެއްވާފައި ކަމަށް ވެސް ކަރެކްޝަނުން ބުންޏެވެ.

''8 އަހަރާއި 7 މަހާއި 26 ދުވަހުގެ ޚިދުމަތަށް ފަހު، މަރުހޫމުގެ ވަކިވެ ދިޔުމަކީ މި ސަރވިސްއަށް ލިބުނު ފުން ހިތާމައެއް.'' ކަރެކްޝަނުން ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!