ޚަބަރު ޝަރުޢީ ދާއިރާ

އަލަމްގިރިއަށް އުފުލި 40 ދަޢުވާއަށް ތިން އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ގިނަ އަދަދެއްގެ ދިވެހިންނާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ބަނގްލަދޭޝް ޒުވާނެއް ކަމަށްވާ އެމްޑީ އަލަމްގީރް (އަލަމްގިރި) ގެ މައްޗަށް އުފުލި 40 ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި ތިން އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ.

Ads by Sosun Fihaara

އަލަމްގިރިގެ މައްޗަށް އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދަޢުވާ އުފުލީ މާލޭގެ އެޕާޓްމަންޓެއްގައި ގިނަ ބަޔަކާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގައި އެ މަންޒަރުތައް ސިއްރުން ރެކޯޑްކުރި މައްސަލައިގައެވެ.

ޤާނޫނުލްޢުޤޫބާތުގެ ދަށުން އުުފުލި އެ ދަޢުވާތަކަށް އަލަމްގިރި އިޢުތިރާފުވިއެވެ.

ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން އޭނާގެ މައްޗަށް ކުރާ ކޮންމެ ދަޢުވާއަކަށް އިއްވީ 27 ދުވަހުގެ ޖަލު ޙުކުމެއް ކަމަށެވެ. އެ ގޮތުން ކޮންމެ ދަޢުވާއަކަށް 27 ދުވަހުގެ މަގުން އޭނާގެ މައްޗަށް އައިސްފައިވަނީ ޖުމްލަ 1080 ދުވަހުގެ ޖަލު ޙުކުމެކެވެ. އެއީ ތިން އަހަރެވެ.

މީގެކުރިން އަލަމްގިރިގެ މައްޗަށް އުފުލި އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ތިން ދަޢުވާއަށް ވެސް އޭނާ ވަނީ އިޢުތިރާފުވެފައެވެ. އެ ގޮތުން އޭނާގެ މައްޗަށް އައީ ހަތް މަހާއި, ހަ ދުވަހުގެ ޖަލު ޙުކުމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!