ޚަބަރު

އަލްޤަރްޟާވީ މައްޗަށް ޣައިބަށް ކަށުނަމާދުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފަހުގެ ތާރިޚުގައި އިސްލާމީ ދުނިޔެ ދުށް މަޝްހޫރު އެންމެ ވަރުގަދަ އެއް ޢިމްލުވެރިޔާ ފަޟީލަތުއްޝައިޚް އަލް ޢައްލާމާ ޔޫސުފް އަލްޤަރްޟާވީ ރަހިމަހުﷲގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދުކޮށްފިއެވެ.

Ads by Sosun Fihaara

މިއަދުގެ ހުކުރު ނަމަދަށްފަހު މުޅި ރާއްޖޭގައި ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ވަނީ ޝައިޚް ގަރުޟާވީގެ މައްޗަށް ޣައިބަށް ކަށުނަމާދުކޮށްފައެވެ.

އަލްޤަރްޟާވީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ މިމަހުގެ 26ވަނަދުވަހުއެވެ. ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވިއިރު އެމަނިކުފާނުގެ ޢުމުރުފުޅަކީ 96 އަހަރެވެ.

ޤަރްޟާވީ އަކީ މި ޒަމާނުގައި އިސްލާމީ ދުނިޔެ ދުށް އެންމެ ފުންނާބުއުސް އެއް ދީނީ ޢިލްމުވެރިއެކެވެ. އަދި އިސްލާމީ ފިކުރާއި އިސްލާމީ ދަޢުވަތު ފެތުރުއްވުމުގައި ގިނަގުނަ މަސައްކަތްޕުޅުތަކެއްކުރައްވާފައިވާ އެންމެ ފުންނާބު އުސް ޢިލްމުވެރިންގެ ތެރޭގައި ޤަރްޟާވީ ހިމެނިވަޑައިގެންނަވައެވެ. މީގެއިތުރުން މި ޒަމާނާ ގުޅޭގޮތުން އިސްލާމީ ފިކުރު ތަރައްޤީކުރުމާއި ޒަމާނީ މައްސަލަތަކާ ގުޅޭގޮތުން ދީނީގޮތުން ޢާންމުންނަށް އޮޅުންއަރާ އެތައްކަމެއް އޮޅުންފިލުވައިދެއްވި، އިޖްތިހާދު ކުރުމުގެ އިސް އެއް މޭސްތިރީގެ ގޮތުގައިވެސް ޤަރްޟާވީ ހިމެނިވަޑައިގަންނަވައެވެ.

ޤަރްޟާވީ ވަނީ 120 ފޮތެއް ލިޔުއްވާފައެވެ. އެމަނިކުފާނު ލިޔުއްވި ފޮތްތަކުގައި ތެރެއިން އެންމެ މަގުބޫލުކަން ލިބުނީ 1960 ވަނަ އަހަރު ލިޔުއްވި "އަލް ހަލާލް، ވަލް ހަރާމް ފިލް އިސްލާމް" މި ފޮތަށެވެ. މީގެއިތުރުން 1973 ވަނަ އަހަރު ނުކުތް "ފިގްހު އަލް ޒަކާތު" މި ފޮތަކީވެސް އެމަނިކުފާނުގެ މަޝްހޫރު ލިޔުއްވުމެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!