ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ފޮރިންގް ސެކްރެޓަރީ ރާއްޖެއަށް ވަޑައިގަންނަވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މޯލްޑިވްސްގެ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފްގެ ދަޢުވަތަކަށް، 1 އޮކްޓޯބަރ 2022 އިން 3 އޮކްޓޫބަރު 2022 އަށް، އިންޑިއާގެ ފޮރިން ސެކްރެޓަރީ، ވިނާއީ މޯހަން ކުވާތުރާ ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިއްޖެއެވެ.

Ads by STELCO

މި ދަތުރުފުޅުގައި، ރާއްޖެއާއި އިންޑިއާގެ ފޮރިން ސެކްރެޓަރީން، ދެ ސަރުކާރުގެ މެދުގައި ހިނގަމުންދާ އެއްބާރުލުންތަކާ ބެހޭގޮތުން މަޝްވަރާކޮށް، ކުރިއެރުންތައް މުރާޖަޢާކުރައްވާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ. އަދި ރާއްޖެގައި އިންޑިއާގެ އެހީގެ ދަށުން ހިނގަމުންދާ މަޝްރޫޢުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

އަދި މި ދަތުރުފުޅުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ހިމަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މިނިސްޓަރ އޮފް ޑިފެންސްއާއި، މިނިސްޓަރ އޮފް ފިނޭންސްއާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއާ ބައްދަލު ކުރައްވާނެއެވެ.

މިއީ 2022 ވަނަ އަހަރުގެ މެއި މަހު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!