ޚަބަރު

މިއަދުގެ ބައި އިލެކްޝަން: ދެ ގޮނޑި ޕީޕީއެމަށް، ދެ ގޮނޑި އެމްޑީޕީއަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއަދު ބޭއްވި ހަތަރު ބައި އިލެކްޝަންތައް ވެރިކަން ކުރާ މައި ޕާޓީ އެންޑީޕީ އާއި ވާދަވެރި ޕާޓީ، ޕީޕީއެމުން ކާމިޔާބުކޮށްފިއެވެ.

Ads by MWSC

އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާ ނަތީޖާއިން ދައްކާގޮތުގައި އެމްޑީޕީއަށް ކާމިޔާބު ކުރެވިފައިވަނީ ށ. މާއުނގޫދޫ ކައުންސިލް މެންބަރަކު އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަނާއި، ލ. ދަނބިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރަކު އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަނެވެ.

ށ. މާއުނގޫދޫ ކައުންސިލުގެ އިންތިހާބު ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ޝިމާނާއެވެ. ލ. ދަނބިދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރަށް ހޮވުނީ އެމްޑީޕީގެ ކެންޑިޑޭޓް އައިޝަތު ޒިޔާދާއެވެ.

ޕީޕީއެމް އިން ކާމިޔާބު ކުރީ ރ ރަސްމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރަކު އިންތިހާބު ކުރަން ބޭއްވި ބައި އިލެކްޝަނާއި ތ. ގުރައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ އަންހެނުން ކޮމިޓީއަށް މެންބަރަކު އިންތިހާބުކުރަން ބޭއްވި ބައި އިލެކްޝަނެވެ.

ރ. ރަސްމާދޫ ބައި އިލެކްޝަން ކާމިޔާބު ކުރީ ޕީޕީއެމްގެ ކެންޑިޑޭޓް ސާބިރާ މުހައްމަދެވެ. ތ. ގުރައިދޫ ބައި އިލެކްޝަން ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓް ޝަރުމާ އަލީމަނިކެވެ.

މި ހަތަރު ބައި އިލެކްޝަނުގައި މާލެ އާއި އެ ރަށްރަށުގައި ވޯޓުލުން ކުރިޔަށް ގެންގޮސްފައިވާއިރު ވޯތުލާފައިވަނީ 2011 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. މި ހަތަރު ބައި އިލެކްޝަނުގައި ވޯތުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 3814 އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!