އެޗްޑީސީގެ ނަމުގައި ގުޅައިގެން ފައިސާ ހޯދި އެކަކަކީ އެމްޕީއެލްގެ މުވައްޒަފެއް, ކުންފުނިން ވެސް މައްސަލަ ބަލަނީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ގުޅައިގެން, އޮޅުވާލައިގެން މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުން ޢާންމުކުރި ފޮޓޯތަކުގެ ތެރެއިން އެެއް ފޮޓޯގައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފެއްކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިދިޔަ މަހުގެ 26 ގައި ފުލުހުން ޢާންމުކުރީ ދެ މީހެއްގެ ފޮޓޯއެވެ. އޭގެތެރެއިން އެއް ފޮޓޯއިން ފެންނަ ގޮތުގައި ސައިކަލެއްގެ މަތީގައި އިށީނދެގެން އިންނަނީ އެމްޕީއެލްގެ ޔުނީފޯމު ލައިގެން ހުރި މީހެކެވެ.
އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީ މިއަދު ވިދާޅުވީ އޭގެތެެރެއިން އެކަކަކީ އެ ކުންފުނީގެ މުވައްޒަފެއްކަން ފާހަގަކުރެވިގެން އެކަން ފުލުހުންނަށް އަންގަވާފައިވާނެ ކަމަށާއި, ފުލުހުން އެ މައްސަލަ ތަޙްޤީޤުކުރަމުންދާ ކަމަށެވެ. އަދި ތަޙްޤީޤު ނިމުމުން މުވައްޒަފާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށާއި, ކުންފުނީގެ ޑިސިޕްލިނަރީ ކޮމިޓީން ވެސް އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
ފުލުހުން ބުނީ އޭގެތެރެއިން އެކަކު ދެނެގަނެވިފައިވާ ކަމަށެވެ. ނަމަވެސް މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރުކޮށްފައިނުވާ ކަމަށެވެ.







ކޮމެންޓް