ޚަބަރު ސިޔާސީ

ޔޯގާގެ މައްސަލައިގައި ރައްޔިތުން ކުއްވެރިވާންޖެހޭ ސަބަބެއް ނެތް: ތޯރިޤް

ރައުފާ ރަޝީދު ، ދެން އޮންލައިން

މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ބޭއްވި ވަގުތު އެތަނަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުމުގައި ދައުލަތުގެ އިޙްމާލު އިންތިހާއަށް އޮތްއިރު، ރައްޔިތުންގެ ކުއްވެރިވާން ޖެހޭ ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.

Ads by STELCO

ތޯރިގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޯގާގެ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ އުފުލުމަކީ އިންސާފެއްނޫން ކަމަށެވެ. އަދި “ދައުލަތެއްގެ ބޭނުމަކީ ރައްޔިތުންގެ ކުއްވެރިކުރުމެއް ނޫން ކަމަށާއި ހޯމް މިނިސްޓަރު އިމްރާނާއި، ޕޮލިސް ކޮމިޝަނަރު ހަމީދާއި، އިސްލާމިކް މިނިސްޓަރާއި އަދި ޔޫތު މިނިސްޓަރުގެ ޒިންމާތައް އަދާނުކޮށް ރައްޔިތުން ކުއްވެރިކުރަން ޖެހޭ ސަބަބެއްނެތް” ކަމަށް ތޯރިގް ވިދާޅުވިއެވެ. 

ޔޯގާ ހަރަކާތް ބޭއްވީ މިދިޔަ ޖޫންމަހުގެ 21 ގައެވެ. ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. ޔޯގާ ހެދުމަށް ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.

އެ ދުވަހު ހިންގި ހަމަނުޖެހުމާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކުރިއެވެ. އޭގެތެރެއިން ގިނަ މީހުން ވަނީ ދޫކޮށްލައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!