ޚަބަރު

ޑެންގޫއަށް ފަރުވާ ހޯދަމުން ދިޔަ ޒުވާނަކު ނިޔާވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ޑެންގޫ ޖެހިގެން ފަރުވާ ހޯދަމުން ދިޔަ ޒުވާނަކު ނިޔާވެއްޖެއެވެ.

Ads by STELCO

ނިޔާވެފައިވަނީ އއ. ތޮއްޑޫ، ރަންމުތް، އާދަމް ވިޔާމުއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑެންގޫ ޖެހިގެން ހާލު ދެރަވެ، އައިޖީއެމްއެޗްގައި އޭނާ އެޑްމިޓްކޮށްފައި ވަނީ މިދިޔަ ހަފްތާގައެވެ.

19 އަހަރުގެ ވިޔާމުގެ ޖަނާޒާ ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަދުގެ އަސުރު ނަމާދަށްފަހު އާ ސަހަރާގައެވެ.

ރާއްޖޭގައި ޑެންގޫ ހުން ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ ގިނަވަމުންނެވެ. ޑެންގޫ ހުމަށް ފަރުވާ ހޯދަމުން ދިޔަ ކުޑަކުއްޖަކު ވެސް އިއްޔެ ވަނީ ނިޔާވެފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!