Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި ކެސިނޯ ހިންގުން މަނާކަމަށް ފާހަގަވާކަށް ނެތް: ނަޝީދު

ރާއްޖޭގައި ކެސިނޯ ހިންގުން މަނާކަމަށް ފާހަގަވާކަށް ނެތް: ނަޝީދު

ރާއްޖޭގައި ކެސިނޯ ހިންގުމުގެ ލައިސަންސް ދިނުމަކީ އެއްވެސް ގަވާއިދަކުން މަނާކުރާކަމެއް ނޫންކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވަނީ ރިސޯޓުތަކުގައި ކެސިނޯ ހިންގަން ލައިސަންސް ނުދެވިގެން އުޅޭ ސަބަބަކީ ކޮބައިތޯއާއި އެ މަސައްކަތް އޮތީ ކިހާ ހިސާބެއްގައިތޯ އައްސަވައި ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފާ ސުވާލު ކުރައްވައިފައެވެ.

ޖާބިރުގެ ސުވާލު ނިމުމުން މަހްލޫފް ޖަވާބު ދެއްވުމުގެ ކުރީގައި ނަޝީދު ވިދާޅުވީ ރާއްޖޭގައި ކެސިނޯގެ ލައިސަންސެއް ދިނުމާ ގުޅޭ ގޮތުން ކުރެވޭ ސުވާލަކީ ތަކުރާރުކޮށް ކުރެވޭ ސުވާލެއް ކަމަށެވެ.

Advertisement
HDC — Sidebar (box)

ނަޝީދު ވިދާޅުވީ އެއީ އެއްވެސް ގަވާއިދަކުން މަނާކުރާކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް އެކަމާ ގުޅޭ ގޮތުން ސާފު ގަވާއިދުތަކެއް އޮންނަންޖެހޭކަން ފާހަގަކުރެއްވިއެވެ.

''ޢިއްޒަތްތެރި ވަޒީރު. ތަކުރާރުކޮށް ނުކުންނަ ސުވާލެއް މި ކެސިނޯގެ ލައިސަންސެއް ދިވެހިރާއްޖޭގާ ދިނުމާ ގުޅޭ ގޮތުން. ފާހަގަވާ ކަމަކީ އެއީ އެއްވެސް ގަވާއިދަކުން މަނާކުރާކަމެއް ނޫން. އެހެން ނަމަވެސް ސާފު ގަވާއިދުތަކެއް ނެތުމުން ރިޒޯޓުތަކަށް މި މަސައްކަތް ނުކުރެވި އެ ޚިދުމަތް ނުދެވި ވާ ކަމަށް ތަކުރާރުކޮށް ޢިއްޒަތްތެރި މެންބަރުން ފާހަގަކުރައްވާ.''

ޖާބިރުގެ ސުވާލާ ގުޅިގެން މަހްލޫފް ވިދާޅުވީ ކެސިނޯގެ އެ ވާހަކަ ފެށިޔަސް އެހިސާބުން އެ މީހަކު ގޯސްވީ ކަމަށާއި, އުޅެންޖެހެނީ ބޮޑު ބިރުވެރިކަމެއްގައި ކަމަށެވެ. އަދި މިއިން ކަމަކާ ގުޅިގެން މަޝްވަރާކޮށްލާނެ ޖާގަ ވެސް އޮންނަ ކަމަކަށްނުވާ ކަމަށެވެ. ނަމަވެސް އެ ކަމާ މަޝްވަރާ ކުރެވެންޖެހޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް