ޚަބަރު ސިޔާސީ

ޒައިދުގެ ރައްދު މަހްލޫފަށް: މި ތަނުގައި ރާ ވިއްކުމަކީ ކެސިނޯ ހިންގަން އޮތް ހުއްޖަތެއް ނޫން

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގައި ކެސިނޯ ހިންގުމާ ގުޅޭ ގޮތުން ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް މިއަދު މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅާ ގުޅިގެން އައްޝައިޚް ޢަލީ ޒައިދު ރައްދެއް ދެއްވައިފިއެވެ.

Ads by Sosun Fihaara

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެސިނޯ ހިންގަން ލައިސަންސް ނުދެވިގެން އުޅޭ ސަބަބަކީ ކޮބައިތޯއާ އެ މަސައްކަތް އޮތީ ކިހާ ހިސާބެއްގައިތޯ އައްސަވައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ކުރެއްވި ސުވާލާ ގުޅިގެން މަހްލޫފު ވިދާޅުވީ ކެސިނޯގެ އެ ވާހަކަ ފެށިޔަސް އެހިސާބުން އެ މީހަކު ގޯސްވީ ކަމަށާއި, އުޅެންޖެހެނީ ބޮޑު ބިރުވެރިކަމެއްގައި ކަމަށެވެ. އަދި ކެސިނޯގެ މަސައްކަތް ފަށާ ވާހަކަދައްކާއިރަށް އެއީ ހަރާމް ކަމެއް ކަމަށާއި އެ ކަމެއް ނުކުރެވޭނެއޭ ނުބުނެވޭނެކަމަށް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފުގެ ވާހަކަތަކަށް ރައްދު ދެއްވައި ޝައިޚް ޒައިދު ވިދާޅުވީ ކެސިނޯގެ ވާހަކަ ފަށާއިރަށް އެއީ ހަރާމް ކަމެކޭ ބުނެވޭނެ ކަމަށެވެ. އަދި ޖުވާ ކުޅުމަކީ ދީނުގެ ގަތުޢީ އެތައް ނައްޞަކުން މަނާކުރައްވާފައިވާ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވެސް ޒައިދު ވިދާޅުވިއެވެ.

މީގެ އިތުރުންް އެފަދަ ކަމެއްގެ ވާހަކަ މަހުލޫފުގެ ފަރާތުން އިވުމަކީ އޭނާ ވަރަށް ހައިރާންކުރުވި ކަމެއް ކަމަށާއި މިތާނގައި ރާ ވިއްކުމަކީ އެނުބައި ކަމުގެ މައްޗަށް އެހެން ނުބައި ހަދަން އޮތް ހުއްޖަތެއްނޫން ކަމަށް ޒައިދު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި މަހްލޫފް މިފަދައިން ވިދާޅުވެފައިވާ އިރު ރާއްޖޭގައި ކެސިނޯ ހިންގުމުގެ ލައިސަންސް ދިނުމަކީ އެއްވެސް ގަވާއިދަކުން މަނާކުރާކަމެއް ނޫންކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.

  1. ނާޅި

    ޤައުމުތަކުގައި ތިބޭ ސަފީރުންވެސް އެޤައުމެއްގެ ދީނާއި ސަޤާފަތަށް އިހުތިރާމް ކުރުމަކީ އދ ޗާޓަރު ބުނާގޮތުން ލާޒިމްކަމެއް، އެކަަމަކު މިތާގައި އުޅޭ ސަފީރުން އުޅެނީ އެމީހަކު އުޅޭނެ ގޮތަކަށް !